އައިޖީއެމްއެޗް: ވައިރަލް ހުމަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވަން ވަނީ ތައްޔާރުވެފައި

ރޯގާ/ހުން

ވައިރަލް ހުން ފެތުރޭތީ ފްލޫ ކްލިނިކެއް ހުޅުވަނީ

އެ ކްލިނިކް ހުޅުވާނީ މާދަމާ. ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ރޭގަނޑު 10:00 އަށް ހިދުމަތް ދޭނެ
25 ސެޕްޓެމްބަރު 2021

މާލޭގައި ވައިރަލް ހުމެއް ފެތުރެމުން އަންނަ ދަނޑިވަޅުގައި، ހުން، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ހުންނަ މީހުން ދެއްކުމަށް ހާއްސަ ފުލޫ ކްލިނިކެއް ހުޅުވާ ހިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.

ކޮންތާކު؟ - އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ފްލޫ ކްލިނިކް ހުޅުވާނީ ކުރީގެ ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް)ގެ އިމާރާތުގައި ކަމަށެވެ. 

ތަފްސީލް - އައިޖީއެމްއެޗުން ބުނީ، މިއީ ހުން، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކުމަށް ގާއިމުކުރި ކުލިނިކެއް ކަމަށެވެ. 

  • ކުލިނިކުން ހިދުމަތް ދޭން ފަށާނީ މާދަމާ 

  • ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ރޭގަނޑު 10:00 އަށް

އެހެންކަމުން، ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި، އަލަށް ހުޅުވާ ކުލިނިކުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ އަލާމާތެއް ހުރެ، ހޮސްޕިޓަލަށް ގޮއްސިނަމަ ބަލި މީހާ ބެލުމުގެ ބަދަލުގައި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދޭނެ ކަމަށް ވެސް ބުންޏެވެ.

އެނގުން މުހިންމު - އެޗްޕީއޭއިން މީގެ ކުރިން ބުނީ، ވޭތުވެ ދިޔަ ތިން މަސް ދުވަހާ އަޅާބަލާއިރު، ހުމާއި ރޯގާ ފެތުރެމުންދާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް