މާލޭގައި ކުޑަކުއްޖަކު ގޮވައިގެން މީހަކު ހިނގާފައި ދަނީ: ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ކުޑަކުދިންނަށް ހާއްސަ ދަތުގެ ފަރުވާގެ ހިދުމަތް ފަށާފައި. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޓްރީ ޓޮޕުން ކުޑަކުދިންނަށް ހާއްސަ ދަތުގެ ފަރުވާ ފަށައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުން ކުޑަކުދިންނަށް ހާއްސަ ދަތުގެ ފަރުވާގެ ހިދުމަތް ފަށައިފި އެވެ.
ތަފްސީލް - ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕުން މިއަދު ބުނީ އެ ހޮސްޕިޓަލުގައި ކުޑަކުދިންނަށް ހާއްސަ ދަތުގެ ފަރުވާގެ ހިދުމަތް ފޯރުކޮށްދޭނީ އެ ކަމަށް ހާއްސަ ޕީޑިއެޓްރިކް ޑެންޓިސްޓު ޑރ. އާއިޝާ ނިހާ އިބްރާހިމް ކަމަށެވެ.
ޑރ. އައިޝާ ނިހާ އިބްރާހީމް:
-
ޕަރުތާ ޑެންޓަލް ބެންގަލޫރު ހޮސްޕިޓަލުގެ 10 ބްރާންޗެއްގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވޭ
-
ބެޗްލާސް އޮފް ޑެންޓަލް ސާޖަރީ ފުރިހަމަކުރެއްވީ އިންޑިއާގެ މެންގަލޫރުގައި ހުންނަ އޭބީ ޝެޓީ މެމޯރިއަލް އިންސްޓިޓިއުޓް އޮފް ޑެންޓަލް ސާވިސަސް އިން
-
މާސްޓާސް އޮފް ޑެންޓަލް ސާޖަރީ (ޕީޑޯޑޮންޓިކްސް އެންޑް ޕްރިވެންޓިވް ޑެންޓިސްޓްރީ) ހާސިލުކުރެއްވީ ޔެނެޕޮޔާ ޑެންޓަލް ކޮލެޖުން
ޑރ. އައިޝާ ނިހާ އިބްރާހީމަކީ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ފަރިތަ، ކޮންމެ ކުއްޖަކަށް ވެސް ބޭނުންވާ ގޮތަށް ހިދުމަތް ފޯރުކޮށްދެއްވާ ޕީޑިއެޓްރިކް ޑެންޓިސްޓެއް ކަމަށް ޓްރީ ޓޮޕް އިން ބުންޏެވެ.
ބުނީ ކީކޭ؟ - ޓްރީ ޓޮޕުން ބުނީ މި ހިދުމަތް ފަރުމާކޮށްފައި ވަނީ އެންމެ ތުއްތު އިރުން ފެށިގެން ފުރާވަރުގެ ކުދިންގެ ދަތުގެ ފަރުވާއާ ބެހޭ ބޭނުންތަކަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން:
-
އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭނީ ކުޑަކުދިންގެ އަނގައިގެ ސިއްހަތު ރައްކާތެރިކުރުމަށާއި އެ ކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުމަށް
-
ކުޑަކުދިންނަށް އިމަޖެންސީ ޑެންޓަލް ޓްރީޓްމެންޓާއި ބޭބީ ޓީތު ފިލިންސްގެ ހިދުމަތް ލިބޭނެ
-
ޕަލްޕެކްޓޮމީ ނުވަތަ ބޭބީ ޓީތު ރޫޓް ކެނަލް ޓްރީޓްމެންޓްގެ ހިދުމަތް ލިބޭނެ
-
ދޯރި ލެއްވުމާއި ބޭބީ ޓީތު އެކްސްޓްރެކްޝަން އަދި ދަތްތަކުގެ ރައްކާތެރިކަމަށް ފްލޮރައިޑާއި ސީލެންޓުން ފަރުވާ ކުރުން ހިމެނޭ
-
ސްކޭލިން އަދި ޕޮލިޝިން އާއި ފުޓުނި އެޅުމާއި ރޫޓް ކެނަލް ޓްރީޓްމެންޓުގެ ހިދުމަތް ވެސް ލިބޭނެ
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ޑެންޓަލް މެޑިސިން ޑިޕާޓްމެންޓުން ދޭ ހިދުމަތްތަކާއި ފަރުވާ މިހާރަށް ވުރެ ވެސް ރަނގަޅު ކުރުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އުކުޅުތައް ބޭނުން ކުރާނެ ކަމަށެވެ.