ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން (ކ-ވ): އުމަރު މަނިކު، ކޯބިން، ހުސައިން އަފީފް އަދި އަހްމަދު ނަސީމް.

ޓޫރިޒަމް 50

ރާއްޖޭގެ ޓޫރިޒަމްގެ ފެށުމާ ބެހޭ ހާއްސަ ޓޯކް ޝޯއެއް ބާއްވަނީ

މި ޓޯކް ޝޯގެ ފުރަތަމަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާނީ ފަތުރުވެރިކަން ރާއްޖެއަށް ތައާރަފުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެށުމާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ހާއްސަ ޓޯކް ޝޯއެއް ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބާއްވާ އިވެންޓެކެވެ.

ތަފްސީލް - މި ޝޯގެ ފުރަތަމަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާނީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންނެވެ. އެއީ:

  • މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު

  • މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

  • މަޓީގެ ވައިސް ޗެއާމަން ހުސައިިން އަފީފް (ޗަމްޕާ އަފީފް)

  • ރާއްޖެއަށް ފުރަތަމަ ޓުއާ ގްރޫޕް ގެެނައި އިޓަލީގެ ޖޯޖް ކޯބިން

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހުށަހަޅައިދެއްވާ މި ޓޯކް ޝޯ އޮންނާނީ މި މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4ގައި އެމްއެންޔޫގެ އޮޑިޓޯރިއަމްގަ އެވެ.

ބުނީ ކީކޭ؟ - މި ޓޯކް ޝޯއާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނީ ޝޯ ވަގުތުން ދުރަށް ދައްކާނެ ކަމަށާއި ޝޯ ހާއްސަކުރަނީ ސްކޫލު ކުދިންނާއި ޔުނިވާސިޓީ ދަރިވަރުންނަށް ކަމަށެވެ. ނަމަވެސް، ޖާގަ އޮތް މިންވަރަކުން އާންމުންނަށް ވެސް އޮޑިޓޯރިއަމްއަށް ވަދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޮޑިޓޯރިއަމްއަށް ވަނުމަށް އާންމުންނަށް ޖާގަ ދޭނީ ރެޖިސްޓްރީ ކުރާ ތަރުތީބުންނެވެ.

ޝޯގައި ޕެނެލިސްޓުންނަށް ސުވާލު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ސުވާލު ފޮނުވަން ޖެހޭނީ މި މަހުގެ 15ގެ ކުރިން golden50@tourism.gov.mv އަށެވެ.

އިތުރަށް ކިޔާލަން -

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

އިތުރު އާޓިކަލް

އިތުރު އާޓިކަލް