ރޯވި ހިޔާ ފްލެޓުގެ ކޮޓަރިއަށް ލިބިފައިވާ ގެއްލުންތައް. (ފޮޓޯ/އެންޑީއެމްއޭ)
ހިޔާ ފްލެޓެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ކޮޓަރި އަނދައިފި
ހިޔާ ފްލެޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއްލުންވި އާއިލާއަކަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެންޑީއެމްއޭ އިން މިރޭ ބުނި ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ހިޔާ ފްލެޓް 11-11-11ގަ އެވެ. އެ ހާދިސާގައި ގެއްލުން ލިބިފައިވަނީ އެ އެޕާޓުމަންޓުގެ އެއް ކޮޓަރިއަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ބުނީ ކީކޭ؟ - އެ ތަނުގައި ދިރިއުޅޭ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭ އިން ކުރަމުން އަންނަނީ، އެ ހާދިސާގައި ގެއްލުންވި ކޮޓަރިއަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާތީ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
މި ހާދިސާއާ ގުޅޭ ތަފްސީލް ހޯދުމަށް އެމްއެންޑީއެފްއަށް ގުޅުމުން، އެ ތަނުން ފޯނަށް ޖަވާބު ނުދޭތީ މި ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ކޮމެންޓް