ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރުން އަލީ ޝުޖާއު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
ޕޮލިސް ކޮމިޝަނަރު ކަމަށް ޝުޖާއު އައްޔަން ކުރަން ޕޮލިސް ބޯޑުން ލަފާދީފި
ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ އެސިސްޓަންޓް ކޮމިޝަނަރު އަލީ ޝުޖާއު އެ މަގާމަށް އައްޔަން ކުރަން ޕޮލިސް ބޯޑުން ހޯމް މިނިސްޓަރަށް ލަފާ ދެއްވައިފި އެވެ.
އެނގުން މުހިއްމު - މިދިޔަ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު އިސްތިއުފާދެއްވުމާ ގުޅިގެން ޕޮލިސް ކޮމިޝަނަރުގެ މަގާމު ވަނީ ހުސްވެފަ އެވެ.
މިވަގުތު ފުލުހުންގެ އިދާރާ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އެސިސްޓަންޓް ކޮމިޝަނަރު ފަރުހާދު ފިކުރީއާ އެވެ.
އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީ ރޭންކުތަކުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން ކޮމިޝަނަރުގެ މަގާމަށް ޝައުގުވެރިވާ ބޭފުޅުން އެ މަގާމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި، ކުރިމަތިލައްވާފައިވަނީ ދެ ބޭފުޅުންނެވެ. އެއީ:
-
އެސިސްޓެންޓް ކޮމިޝަނަރު އަލީ ޝުޖާއު
-
އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން
ވީ ކިހިނެއް؟ - މި ދެބޭފުޅުންގެ ތެރެއިން ޝުޖާއު ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަން ކުރަން ޕޮލިސް ބޯޑުން ލަފާދެއްވާފައިވާ ކަން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
އެނގުން މުހިންމު - ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ސީދާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަކަށް މިހާރު ނުލިބެ އެވެ. ގާނޫނުގައިވާ ގޮތުން:
-
އެ މަގާމަށް އާންމުކޮށް ހުޅުވާލަން 90 ދުވަސް ދޭން ޖެހޭ
-
އެ މަގާމަށް ކުރިމަތިލަނީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނަ މީހަކަށް ވާން ޖެހޭ
-
ކުރިމަތިލާ މީހުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަންކުރާނެ
-
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެމީހުންނާ ބެހޭ ރިޕޯޓެއް ހަދާނެ
-
އެ ރިޕޯޓްގައި، ކޮމިޝަނަރަކަށް އައްޔަންކުރަން ޝަރުތު ފުރިހަމަވޭތޯ، އަބުރުވެރިކަން ހުރި ނިސްބަތް އަދި ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ނުޖެހޭ ސަބަބެއް އޮތް ނަމަ އެކަން ހިމަނާނެ
-
ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ޕޮލިސް ބޯޑުން ހުށައަޅާ ނަންތައް ވަޒަންކޮށް، ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަ ވަޒީރެއްގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ