އޭވިއޭޝަން ކޮމާންޑުގެ ބެޖު ހަވާލުކުރި ދިވެހި ސިފައިންގެ ދެ ޕައިލެޓުން ޑޯނިއާގެ ކޮކްޕިޓުގައި. (ފޮޓޯ/ އެމްއެންޑީއެފް)

އެމްއެންޑީއެފް

ޑޯނިއާ ދުއްވުމުގައި ފުރަތަމަ ފަހަރަށް ދިވެހި ޕައިލެޓުން ހަރަކާތްތެރިވާން ފަށައިފި

މިއަދު ވަނީ ދިވެހި ސިފައިންގެ ދެ ޕައިލެޓަކަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކޮށްފައި
9 ނޮވެމްބަރު 2021

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގައި، ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ޑޯނިއާ މަތިންދާބޯޓު ދުއްވަން އިންޑިއާގެ އެހީގައި ތިން ޕައިލެޓުން ވަނީ ތަމްރީނުކޮށްފަ އެވެ. މިއަދު އޮތް ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ ދެ ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ވަނީ ހަވާލުކޮށްފަ އެވެ. ޕައިލެޓުންނަށް ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

ޑޯނިއާ ބޯޓަކީ، އާންމު ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ބޯޓުތަކާ ހިލާފަށް ވަކި ކަމެއް ހާސިލުކުރަން މޮޑިފައިކޮށްފައިވާ އުޅަނދެކެވެ. އެގޮތުން އެއީ މެރިޓައިމް ޕެޓްރޯލް، ސާވައިލެންސް، ސާޗް އެންޑް ރެސްކިއު އަދި މެޑިކަލް އިވެކުއޭޝަނަށް ހާއްސަކޮށްފައިވާ އުޅަނދުތަކެވެ.

ބުނީ ކީކޭ؟ - ސިފައިންގެ ޕައިލެޓުން މަތިންދާބޯޓުތަކުގައި މަސައްކަތް ކުރަން ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ޑޯނިއާ ކޮންވާޝަން ކޯސް ފުރިހަމަކުރި ޕައިލެޓުން މަސައްކަތްކުރާނީ ޑޯނިއާ ބޯޓުގެ ކޯޕައިލެޓުންގެ ގޮތުގަ އެވެ. ކެޕްޓަނަކަށް ވެވޭނީ އުދުހުމުގެ ގަޑި ހަމަކޮށް އަދި އިތުރު ތަމްރީނެއް ފުރިހަމަކޮށްގެންނެވެ. އެހެންވެ، ޑޯނިއާ ބޯޓުގެ ކެޕްޓަންކަން އަދި ކުރާނީ އިންޑިއާ ސިފައިންނެވެ.

ދިވެހި ސިފައިންގެ ދެ ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކުރަނީ. (ފޮޓޯ/ އެމްއެންޑީއެފް)
ދިވެހި ސިފައިންގެ ދެ ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކުރަނީ. (ފޮޓޯ/ އެމްއެންޑީއެފް)

އެމްއެންޑީއެފް އިން ބުނީ އަސްކަރިއްޔާއަށް ޕައިލެޓުން ހޯދުމުގައި ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކަކީ:

  • ތަމްރީނަށް ހޭދަކުރަންޖެހޭ މުއްދަތު ދިގުވުން 

  • އަސްކަރީ އުޅަނދެއް ދުއްވޭނީ ހަމައެކަނި އަސްކަރީ އޮފިސަރުންނަށް އެކަނި 

  • އޮފިސާ ޓްރެއިނިންގެ އިތުރުން، އެއާފޯސް ތަމްރީނު ހެދުމަށް ޖުމްލަ ތިން އަހަރު ހޭދަކުރަންޖެހޭ

ނަމަވެސް، މިހާރު ވެސް އިތުރު ޕައިލެޓުން ތަމްރީނުވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެނގުން މުހިންމު - އިންޑިއާ އިން ރާއްޖެއަށް ޑޯނިއާ މަތިންދާބޯޓެއް ހަދިޔާކުރީ މިދިޔަ އަހަރު އެވެ. އިންޑިއާ އެމްބަސީން މީގެ ކުރިން ބުނީ، ޑޯނިއާ އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށާއި އެ ބޯޓު ބާއްވާފައި އޮންނާނީ ހދ. ހަނިމާދޫ އެއާޕޯޓުގައި ކަމަށެވެ. އެ ބޯޓު ދިވެހި ސިފައިންގެ އޮޕަރޭޝަންތަކުގައި އަންނަނީ ބޭނުންކުރަމުންނެވެ.

އަސްކަރީ މަތިންދާބޯޓު ދުއްވުމުގައި، ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ފެށުން. (ފޮޓޯ/ އެމްއެންޑީއެފް)
އަސްކަރީ މަތިންދާބޯޓު ދުއްވުމުގައި، ދިވެހި ސިފައިންގެ ޕައިލެޓުން ހަރަކާތްތެރިވާން ފެށުން: ދިވެހި ސިފައިންގެ ދެ ޕައިލެޓަކަށް ވަނީ ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ދީފައި. (ފޮޓޯ/ އެމްއެންޑީއެފް)

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން އެ ބޯޓު ބޭނުންކުރަނީ:

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް

  • ރާއްޖޭގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް މޮނިޓާކުރުމަށް

  • އިވެކުއޭޝަން އޮޕަރޭޝަންތަކުގައި

ޑޯނިއާ ބޯޓު ބޭނުންކޮށްގެން ހިންގި އޮޕަރޭޝަންތަކުގެ ތެރޭގައި:

  •  ބަލި މީހުން އުފުލުގެ އޮޕަރޭޝަންތައް - 363 އޮޕަރޭޝަން

  • ކަނޑުމަތީގެ ހާދިސާތަކުގައި މީހުންނާއި މުދާ ސަލާމަތްކުރުމަށް - 77  އޮޕަރޭޝަން 

  • ސާވައިލެންސް އޮޕަރޭޝަންތަކުގައި - 121 އޮޕަރޭޝަން

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް