ކޮމިއުނިޓީ ފަންޑުގެ އެހީގައި ގަމު ބީޗު ސަރަހައްދު ތަރައްގީކޮށްފައި. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީ ގަމާއި ކުޑަރިކިލަށް

ގަމު ބީޗުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށް، މަތިމަރަދޫ އަވަށުގެ ބޮޑުމަގުގައި ވަނީ ސޯލާ މަގުބައްތި ހަރުކޮށްފައި؛ ކުޑަރިކިލުގައި ވެސް ސޯލާ މަގުބައްތި ވަނީ ހަރުކޮށްފައި.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ލ. ގަމާއި ބ. ކުޑަރިކިލުގައި ކުރިއަށްގެންދިޔަ ދެ މަޝްރޫއު ނިންމާލައިފި އެވެ.

ތަފްސީލް - ކޮމިއުނިޓީ ފަންޑުގެ ދަށުން ގަމު ބީޗުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށްފައި ވާއިރު، މަތިމަރަދޫ އަވަށުގެ ބޮޑުމަގުގައި ވަނީ ސޯލާ މަގު ބައްތި ހަރުކޮށްފަ އެވެ.

ކޮމިއުނިޓީ ބީޗު ޕާކުގައި:

  • އެ ސަރަހައްދަށް ދަތުރުގޮސް އުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން ބެންޗު ބަހައްޓައި އުނދޯލި ބަހައްޓައި ބާބަކިއު ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި

  • ޕާކުގެ ވަށައިގެން ލަކުޑިން ފެންސް ޖަހައި ކުޑަކުދިން ކުޅޭނެ ތަނެއް ވެސް ވަނީ ގާއިމްކޮށްފައި

  •  އައުޓްޑޯ ޝަވަރު ހަރުކޮށް، ރޭގަނޑު އަލިވާނެހެން ސޯލާ މަގުބައްތި ޖަހާފައިވޭ

  • ދަތުރުދާ މީހުން ކުނި އަޅަން ޑަސްބިން ވެސް ވަނީ ބަހައްޓާފައި

ކޮމިއުނިޓީ ފަންޑުގެ އެހީގައި ގަމު ބީޗު ސަރަހައްދު ތަރައްގީކޮށްފައި. (ފޮޓޯ/ބީއެމްއެލް)
ކޮމިއުނިޓީ ފަންޑުގެ އެހީގައި ގަމު ބީޗު ސަރަހައްދު ތަރައްގީކޮށްފައި. (ފޮޓޯ/ބީއެމްއެލް)

އެ ފަންޑުގެ އެހީގައި ކުޑަރިކިލުގައި މީހުން ދިރިއުޅޭ ސަރަހައްދުގެ މަގު ބައްތިތައް އިއާދަކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ވަނީ ބަދަލުކޮށްފައި އެވެ.

އެ ޕްރޮޖެކްޓްގެ އަމާޒަކީ، ބީއެމްއެލް އިން ބުނި ގޮތުގައި، ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރިކުރުވުމާއި ރަށުގެ މަގުތައް އަނދިރިވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އާންމު ތަންތަނަށް ކަރަންޓު ދިނުމަށް ކުރާ ހޭދަ ވެސް ކުޑަވާނެ ކަމަށް ބޭންކުން ބުންޏެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ކުޑަރިކިލު މަގު ބައްތިތައް ސޯލާއަށް ބަދަލުކޮށްްފައި. (ފޮޓޯ/ބީއެމްއެލް)
ކޮމިއުނިޓީ ފަންޑުގެ އެހީގައި ކުޑަރިކިލު މަގު ބައްތިތައް ސޯލާއަށް ބަދަލުކޮށްްފައި. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް ކޮމިއުނިޓީ ފަންޑު

  • އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެއް

  • އެހީ ދެނީ ތައުލީމާއި ކުޅިވަރު ހަރަކާތްތައް އަދި ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައަށް ފައިދާ ހުރި ކަންކަމަށް އަމާޒުކޮށް

  • ހޮވޭ ޕްރޮޖެކްޓުތަކަށް 50،000ރ. ލިބޭ

  • މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގަން އެހީ ދީފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް