ބީއެމްއެލްގެ ކާޑަކުން މީހަކު އޮންލައިން މުއާމަލާތެއް ކުރަނީ

ބީއެމްއެލް

މުވައްޒަފެއްގެ އިހުމާލުން ކަސްޓަމަރުންނަށް މާލީ ގެއްލުމެއް ނުވާނެ: ބީއެމްއެލް

ކަސްޓަމަރުންގެ އެކައުންޓުތަކުގައި ހުރި ފައިސާއަށް ހިޔާނާތްތެރިވި ބީއެމްއެލްގައި ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ މައްޗަށް ހުކުމް ކޮށްފައި
30 ސެޕްޓެމްބަރު 2024

މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވައިދާ ހިލާފަށް ކުރާ އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކަސްޓަމަރުންގެ އެކައުންޓްތަކުގައި ހުރި ފައިސާއަށް ހިޔާނާތްތެރިވި ބީއެމްއެލްގައި ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފެއްގެ މައްޗަށް ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު މިއަދު ވިދާޅުވީ 2021 ވަނަ އަހަރު ހިނގި އެ މައްސަލަ ބޭންކަށް ފާހަގަވުމާއެކު އެ މުވައްޒަފު ވަގުތުން މަސައްކަތުން އެކަހެރިކުރި ކަމަށެވެ.

މުވައްޒަފު ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގައި އަމިއްލައަށް ބޭނުންކޮށްފައި ކަމަށް ސައީދު ވިދާޅުވި އެވެ. 

އެ މައްސަލައާ ގުޅޭގޮތުން އޭނާ އިތުރަށް ވިދާޅުވީ: 

  • މައްސަލަ ބެލުމަށްފަހު އެ މުވައްޒަފު މަގާމުން ވަކިކުރި

  • 7 ޑިސެމްބަރު 2021 ގައި އެ މައްސަލަ ފުލުހަށް ހުށަހެޅި

  • ކަސްޓަމަރުންގެ އަތުން ގެއްލުނު ފައިސާ ބޭންކުން ކަސްޓަމަރުންނަށް ޖަމާކޮށްދިން

"ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ބޭންކުގެ ގަވައިދުތަކާއި އުސޫލުތައް ހަރުދަނާކޮށް، އިންޓާނަލް ކޮންޓްރޯލްތައް ބޭންކުގައި ގާއިމްކޮށްފައިވޭ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭންކުގެ އެއްވެސް މުވައްޒަފަކު ގަވައިދާ ހިލާފު ކަމެއް ކޮށްފި ނަމަ އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަބަދުވެސް އަޅާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް