އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ މެޗެއް ރޭ ކުރިއަށް ދަނީ. (ފޮޓޯ/އެމްއެންޔޫއެސްޔޫ)

އެމްޔޫ ސްޓޯރުގެ 'ލެކްނޯ' އެމްއެންޔޫ ފުޓްސަލް މުބާރާތުގެ މައި ސްޕޮންސަރަކަށް

މި އަހަރުގެ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފައި
16 އޮކްޓޯބަރު 2022

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންގެ ޔުނިއަނުން އިންތިޒާމްކޮށްގެން ބާއްވާ 'އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2022'ގެ ޓައިޓްލް ސްޕޮންސަރަކަށް އެމްޔޫ ސްޓޯރުން ރާއްޖެ އެތެރެކޮށް ވިއްކާ 'ލެކްނޯ' ބްރޭންޑް ހަމަޖައްސައި އެ މުބާރާތް ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކަށް ލެކްނޯ ބްރޭންޑް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި:

  • އެމްޔޫ ސްޓޯރުގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު އަލީ ސިޔާމް ހަސަން 

  • އެމްއެންޔޫއެސްޔޫގެ ފަރާތުން ސޮއިކުރެއްވީ ރައީސް ހުސައިން ޒައިދު

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ:

  • މި އަހަރުގެ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފައި

  • މެޗުތައް އޮންނަނީ އެފްއޭއެމް ޓާފް ދަނޑުގައި 

  • މި ފަހަރުގެ މުބާރާތް ކުރިއަށް ދަނީ 'ލެކްނޯ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2022'ގެ ނަމުގައި

  • މި އަހަރުގެ މުބާރާތުގައި ވެސް ގިނަ ޓީމްތަކެއް ބައިވެރިވެފައިވޭ

  • އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ބާއްވާ މިއީ އަށް ވަނަ އަހަރު 

  • ކޮލެޖްތަކާއި ޔުނިވާސިޓީތަކުގެ މެދުގައި ބާއްވާ މި މުބަރާތް ކޮންމެ އަހަރަކު ވެސް ވަރަށް ފޯރިގަދަ

ލެކްނޯ ބްރޭންޑް:

  • އެމްޔޫ ސްޓޯރުން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ބްރޭންޑެއް 

  • ގިނަ ބަޔަކަށް އެންމެ ކަމުދަނީ އެ ބްރޭންޑްގެ ހިކި ކިރު 

  • އެ ބްރޭންޑްގެ އެކި ވައްތަރުތަކުގެ ޖޫހަކީ ވެސް މިހާރު ގިނަ ގޭގޭގެ ސުފުރާ މަތިން ފެންނަ މީރު ޖޫހެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް