ރޯދަމަހަކީ މީރު ރަހަތަކުގެ މައްސަރެވެ. މުޅި ދުވަހު ނުކައި ތިބެފައި ރޯދަ ވީއްލާ ވަގުތަށް ތަފާތު މީރު ކެއުންތައް ތައްޔާރުކުރުމަކީ ދިވެހީންގެ ޒަމާންވީ ސަގާފަތެކެވެ. ރޯދަމަހާ އެކު ގިނަ ބަޔަކު އެންމެ ސަމާލުކަންދޭ އެއް ކަންތަކަކީ ވެސް ތަފާތު ރެސިޕީތައް އެއްކޮށް އާ ވައްތަރު ވައްތަރުގެ ކެއުންތައް ތައްޔާރުކުރުމެވެ.
އެހެންވެ 'ދައުރު' އިން މި ރޯދަ މަހު މި ގެނެސްދެނީ ތަފާތު ކެއުންތައް ތައްޔާރުކުރާނެ ގޮތް ދައްކުވައިދޭ ވީޑިއޯ ޝޯ އެކެވެ. 'ރަހަމީރު'ގެ ނަން ދީފައިވާ މި ޝޯ 'ދައުރު'ގެ ސޯޝަލް މީޑިއާ އިން ކޮންމެ ދެ ދުވަހުން އެއް ދުވަހު ލައިވްކުރާނެ އެވެ.
މި ޝޯ ގެ އެކްސްކްލޫސިވް ސްޕޮންސަރަކީ 'ހެޕީ މާކެޓް' އެވެ. އަދި 'ސީ ހައުސް' އިން ވެސް ޕާޓްނާވެ އެވެ.
މިއަދުގެ ރެސިޕީއަކީ ޕޭން ގްރިލްޑް ޗިކަން ސެލެޑް އެވެ.
ބޭނުންވާނެ ތަކެތި:
-
12 އެމްއެލް ޕިއެޓްރޯ ކޮރިޗެލީ ބަލްސާމިކް ވިނެގަ
-
50 އެމްއެލް ޕިއެޓްރޯ ކޮރިޗެލީ އެކްސްޓްރަ ވާޖިން އޮލިވް އޮއިލް
-
40 ގްރާމް ބެލް ޕެޕަ
-
20 ގްރާމް ފިޔާ
-
35 ގްރާމް މިކްސްޑް ގްރީންސް
-
1 ގްރާމް ލޮނު
-
1 ގްރާމް އަސޭމިރުސް
-
15 ގްރާމް މަސްޓަޑް ޕޭސްޓު
-
100 ގްރާމް ސިއެރަ ކުކުޅު
-
5 ގްރާމް ބްލެކް އޮލިވްސް