ސްޕޭސްއެކްސްގެ 'ފެލްކަން 9' ރޮކެޓު ސެޓެލައިޓުތަކާ އެކު އިއްޔެ ނައްޓާލަނީ. (ފޮޓޯ/ ސީއެންއެން)

ސްޕޭސްއެކްސްއިން އެމެރިކާގެ ޖާސޫސީ ސެޓެލައިޓުތަކެއް ލޯންޗުކޮށްފި

މިއީ ސްޕޭސްއެކްސްއިން ޖާސޫސީ ސެޓެލައިޓުތަކެއް ލޯންޗުކުރި ދެ ވަނަ ފަހަރު

ސްޕޭސްއެކްސް ކުންފުނިން އަނެއްކާ ވެސް އެމެރިކާ ސަރުކާގެ ޖާސޫސީ ސެޓެލައިޓުތަކެއް ކާމިޔާބުކަމާ އެކު އިއްޔެ ލޯންޗުކޮށްފި އެވެ.

މި ސެޓެލައިތުތައް ސްޕޭސްއެކްސްއިން ޖައްވަށް ފޮނުވާލާފައި ވަނީ ކެލިފޯނިއާގައި ހުންނަ އެ ކުންފުނީގެ ޖައްވީ ބަނދަރުން ނައްޓާލި 'ފެލްކަން 9' ރޮކެޓެއްގަ އެވެ.

މިއީ ސްޕޭސްއެކްސްއިން އެމެރިކާގެ ޖާސޫސީ ސެޓެލައިޓުތަކެއް ޖައްވަށް ފޮނުވި ދެ ވަނަ ފަހަރެވެ. އެ ކުންފުނިން ފުރަތަމަ ފަހަރަށް މިފަދަ ސެޓެލައިޓުތަކެއް ފޮނުވާފައި ވަނީ މިދިޔަ ފެބްރުއަރީގަ އެވެ.

ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކު 'ފެލްކަން 9' ރޮކެޓު އުފެއްދެވީ ހަދަރު ކުޑަކުރެއްވުމުގެ ބޭނުމުގައި އެތައް ފަހަރަކު ޖައްވަށް ފޮނުވިޔަސް އަލުން ބޭނުންކުރެވޭނެ ގޮތަށެވެ. މުޅި ދުނިޔޭގައި ވެސް ދެ ވަނަ ފަހަރަށް ބޭނުންކުރި ރޮކެޓަކަށްވެ، މި ރޮކެޓު ވަނީ 2017ގައި ތާރީހުގެ ތެރެއަށް ވަދެފަ އެވެ.

އޭގެ ފަހުން، ސެޓެލައިޓުތަކާއި މުދާ ޖައްވަށް ފޮނުވުމަށް ސްޕޭސްއެކްސްއިން ވަނީ އެއް ރޮކެޓެއް އެތައް ފަހަރަކު ބޭނުންކޮށްފަ އެވެ. މިފަދަ ރޮކެޓެއްގެ އެހީގައި 2020ގައި  އެ ކުންފުނިން ވަނީ ފުރަތަމަ ފަހަރަށް ޖައްވަށް އެސްޓްރޮނޯޓުން ވެސް ފޮނުވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް