ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް (ފޮޓޯ/ގެޓީ އިމޭޖެސް)

ހުސްވި ޑިސެމްބަރު މަހު ކޮންމެ 4 މީހަކުން އެކަކު ކޮންމެ ދުވަހަކު ފޭސްބުކް ބޭނުންކުރި:މެޓަ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓާ ގުޅިގެން މެޓައަށް ހިންދެމިލެވޭނެ ފުރުސަތެއް ވަނީ ލިބިގެން ގޮސްފައި

ހުސްވި ޑިސެމްބަރު މަހު ފޭސްބުކް ބޭނުންކުރި މީހުންގެ އަދަދު ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބަޔަށް އަރާފައިވާ ކަމަށް މެޓައިން ހާމަކޮށްފި އެވެ.

އެވްރެޖު ގޮތެއްގައި ކޮންމެ ދުވަހަކު ފޭސްބުކް ބޭނުންކުރި މީހުންގެ އަދަދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުރީ 2 ބިލިއަނުގަ އެވެ. އަދި މާހިރުންގެ އަންދާޒާތަކަށް ވުރެ މިއަދަދު މައްޗަށް ގޮސްފައިވުމުން ފާއިތުވެ ދިޔަ އަހަރެއްހާ ދުވަހު އިންވެސްޓަރުންގެ ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިވެފައި އޮތް ފޭސްބުކްއަށް ހިންދެމިލެވޭނެ ފުރުސަތެއް ވަނީ ލިބިގެން ގޮސްފަ އެވެ.

މިހަބަރާ އެކު ފޭސްބުކް ހިންގަމުން އަންނަ މެޓަ ކުންފުނީގެ ހިއްސާގެ އަގު ވަނީ %15 މައްޗަށް ޖެހިލާފަ އެވެ. 

މިއަހަރަށް އޮތް ސިޔާސަތު އިއުލާނު ކުރައްވަމުން މިއީ "އުފެއްދުންތެރިކަމުގެ އަހަރަކަށް" ވާނޭ ކަމަށާއި އަމާޒަކީ ހަރަދުތައް ކުޑަކުރުން ކަމަށް މެޓަގެ ސީއީއޯ މާކް ޒަކަބާގް ވަނީ ވިދާޅުވެފަ އެވެ. 

"އަހަރުމެންނަށް މިހާރު މިތިބެވެނީ މިހާރު ތަފާތު މާހައުލެއްގައި،" ކުންފުނީގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ދަށަށް ގޮސްފައިވާ އާމްދަނީއަށް އިޝާރާތް ކުރައްވަމުން ޒަކަބާގް ވިދާޅުވި އެވެ. ފޭސްބުކް އަދި މިހާރުގެ ނަމުން ނަމަ މެޓަ ކުންފުނި އުފެދުނީއްސުރެއް ކޮންމެ އަހަރަކު އެކުންފުނީގެ އާމްދަނީ ވަނީ މަދުވެގެން %10ގެ ކުރިއެރުމެއް ހޯދާފަ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ އާމްދަނީ ދަށަށް ދިޔަ ދިޔުން މުސްތަގުބަލުގައި އެގޮތަށް ކުރިއަށް ދާނޭ ކަމަށް ލަފާ ނުކުރެވުނު ނަމަވެސް ކުރީގެ ހަލުވިމިނަށް ދާނޭ ކަމަށް ލަފާ ނުކުރެއްވޭ ކަމަށް ވެސް ޒަކަބާގް ވިދާޅުވި އެވެ.

މެޓަ ކުންފުނީގެ  ހިއްސާގެ އަގުތައް އުފުލުމާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

އިންސްޓަގްރާމް އާއި ވަޓްސްއެޕް ވެސް ހިންގަމުން އަންނަ މެޓައިން ވަނީ މިދިޔަ އަހަރު ފަހުކޮޅު ހަރަދު ކުޑަކުރުމަށް ޓަކައި ކުންފުނީގެ %13 މުވައްޒަފުން ނުވަތަ 11،000 މުވައްޒަފުން މަދުކުރުމަށް ނިންމާފަ އެވެ. އަދި ހަރަދު ކުޑަކުރުމަށް އެޅުނު މިފަދަ ފިޔަވަޅުތަކަށް 4.6 ބިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް ވެސް މެޓައިން ވަނީ ހާމަކޮށްފަ އެވެ. މެޓައަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ ދެގުނަ ދަށަށް ގޮސް 23.2 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.

މިދިޔަ އަހަރު ފަހު ކުއާޓަރުގައި މެޓައަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަަހަރުގެ އެ ކުއާޓަރާ އަޅާ ބަލާ އިރު %4 ދަށަށް ގޮސް 32.2 ބިލިއަން ޑޮލަރަށް ތިރިވެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް