ސިނަމާލެ ބްރިޖު މަތީ ކާރެއް ފުރޮޅާލާފައި (ދައުރު ފޮޮޓޯ)

ސިނަމާލެ ބްރިޖު މަތިން ކާރެއް ފުރޮޅާލައިފި؛ މީހަކަށް އަނިޔާއެއް ނުވޭ

ހާދިސާ ހިނގި އިރު އެ ކާރުގައި ދެ މީހަކު ތިބި

ސިނަމާލެ ބްރިިޖާއި ހައިވޭ ގުޅޭ ހިސާބު ލައިޓް ކައިރިން ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ މިއަދު މެންދުރު 2:45 އެހާއިރު ހިނގި އެ ހާދިސާގައި ބްރިޖްމަތިން ކާރު ފުރޮޅާލިއިރު އެ ކާރުގައި ދެ މީހަކު ތިބި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ. 

ސިނަމާލެ ބްރިޖު މަތީ ކާރެއް ފުރޮޅާލާފައި (ދައުރު ފޮޮޓޯ)
ސިނަމާލެ ބްރިޖު މަތީ ކާރެއް ފުރޮޅާލާފައި (ދައުރު ފޮޮޓޯ)

ތަފްސީލް - މަންޒަރު ދުށް ބައެއް މީހުން ދައުރު އަށް ބުނި ގޮތުގައި ކާރު ފުރޮޅާލުމުގެ ސަބަބުން ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ކާރުގެ ބައެއް ދޮރުފަތްތައް ވެސް ވަނީ ހަލާކުވެފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް