މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން އަތުލައިގަތް 6.8 ކިލޯގެ މަސްތުވާތަކެއްޗާއި މިލިއަނެއްހާ ރުފިޔާ (ފޮޓޯ/ ސީޕީ މުހައްމަދު ހަމީދު)
ޑްރަގް ބޮޑު އޮޕަރޭޝަނެއް: 17 މީހުން ހައްޔަރުކޮށް މިލިއަނެއްހާ ރުފިޔާ އަތުލައިގަނެފި
މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި 17 މީހަކު ހައްޔަރުކޮށް މިލިއަނެއްހާ ރުފިޔާ އަތުލައިގެންފި އެވެ.
ބުނީ ކީކޭ؟- ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮޕަރޭޝަންގައި6.8 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގަތް ކަމަށެވެ. އޭގެ އިތުރުން؛
-
17 މީހުން ހައްޔަރުކުރި
-
މާލެ އާއި ހުޅުމާލޭގެ 10 ތަނެއް ބަލާފާސްކޮށްފައިވޭ
"އެމީހުން އަތުން... 933،430 ރުފިޔާ ވަނީ އަތުލައިގެންފައި" ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ މިއީ ރާއްޖޭގައި މަޝްހޫރު ކުށްކުރާ ގްރޫޕަކުން ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި އާއި ޕެޑަލިންގެ މަސައްކަތަށް ހުރަސްއަޅަން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
ގުޅުން ހުރި ކަމެއް- މާލެ ސަރަހައްދުގައި ފުލުހުން ދޭތެރެ ދޭތެރެއިން ޑްރަގްގެ ބޮޑެތި އޮޕަރޭޝަންތައް ހިންގަ އެވެ. އެގޮތުން، މިދިޔަ މަހު އިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ އަތުލައިގަނެފައިވެ އެވެ.