ސިނަމާލެ ބްރިޖުން ހުޅުލެ އާއި ހުޅުމާލެއަށް ދެވޭ ހަތަރު އަނގޮޅީގައި މިއަދު އެކްސިޑެންޓް ހިނގި ތަން ބަންދުކޮށްފައި

ބުރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

މަރުވެފައި ވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް

ސިނަމާލެ ބްރިޖުން ހުޅުލެ އާއި ހުޅުމާލެއަށް ދެވޭ ހަތަރު އަނގޮޅީގައި މިއަދު މެންދުރު ފަހު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، ފުލުހުން ބުނި ގޮތުގައި، މިއަދު މެންދުރު 2:30ގަ އެވެ. މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ތަފްސީލް - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނީ:

  • އެކްސިޑެންޓްގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް ގެންގޮސްފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް 

  • އެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެ މީހާ ވަނީ މަރުވެފައި

  • އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ ގެންދިޔައިރު ވެސް މަރުވެފައި ވާކަން ފުލުހުން ކަށަވަރުކޮށެއް ނުދޭ

މިކަމާ ގުޅޭ އިތުރު ތަފްސީލު ނުދީ ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މަންޒަރު ދުށް މީހަކު 'ދައުރު'އަށް ބުނި ގޮތުގައި، އެކްސިޑެންޓް ހިނގި ސަރަހައްދަށް ވަރަށް ބައިވަރު ލޭ ފައިބާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް