މީޑިއާނެޓުގެ 'އެމްއެސް މޫވީ ޗެލެންޖު'ގެ އެއް ވަނަ ލިބުނީ 'ލޯ'ގެ ކުރު ފިލްމު 'އިހުތިޔާރު'އަށް

މީޑިއާނެޓް

'އެމްއެސް ޝޯޓް މޫވީ ޗެލެންޖު'ގެ ފަހުރުވެރި 1 ވަނައަށް 'އިހުތިޔާރު'

ފިލްމު އުފެއްދުމުގެ މަސައްކަތް ކުރަން ބޭނުންވާ ޒުވާނުން މި ދާއިރާއަށް ނެރެން މީޑިއާނެޓުން ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމުލަ ނުވަ ކުރު ފިލްމު ބައިވެރިކޮށްފައިވޭ
13 ޖޫން 2022

މީޑިއާނެޓުން ބޭއްވި 'އެމްއެސް ޝޯޓް މޫވީ ޗެލެންޖް'ގެ ފަހުރުވެރި އެއް ވަނަ، 'އިހުތިޔާރު' ކުރު ފިލްމަށް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - 'އެމްއެސް ޝޯޓް މޫވީ ޗެލެންޖް'ގެ ނަތީޖާ ފާޅުކޮށް ވަނަ ހާސިލްކުރި ފަރާތްތަކަށް ފައިސާގެ އިނާމު ހަވާލުކުރުމަށް ޗަމްޕާ ސެންޓްރަލްގައި މި އިވެންޓް ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ހަފުލާގައި ފިލްމުތައް ބައިވެރިކުރި ފަރާތްތަކާއި ބައެއް މީޑިއާތަކުން ބައިވެރިވި އެވެ.

ތަފްސީލު - އެ މުބާރާތަކީ ފިލްމު އުފެއްދުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ޒުވާން އައު ފަންނާނުން މި ދާއިރާއަށް ނެރެ ބާރުވެެރިކުރުމަށް މީޑިއާނެޓުން ކުރިއަށްގެން ދިޔަ މުބާރާތެކެވެ. އެ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފިލްމުތަކަކީ:

  • އެއް ވަނަ: އިހުތިޔާރު

  • ދެ ވަނަ: ހިމިތި

  • ތިން ވަނަ: ދަ ލެޓާ

މީޑިއާނެޓުގެ 'އެމްއެސް މޫވީ ޗެލެންޖު'ގެ ދެ ވަނަ ލިބުނީ އިސްމާއިލް އާސިފްގެ ކުރު ފިލްމު 'ހިމިތި'އަށް
އެ މުބާރާތުގެ ތިން ވަނަ ލިބުނީ އަލީ ޝާމިންގެ ކުރު ފިލްމު 'ދަ ލެޓާ'އަށް

އެ މުބާރާތުގައި ވަނަވަނައަށް ހޮވުނު ފިލްމު އުފެއްދި ފަރާތްތަކަށް އިނާމުގެ ގޮތުގައި ދީފައިވަނީ:

  • އެއް ވަނައަށް: އެއް ލައްކަ ރުފިޔާ

  • ދެ ވަނައަށް: 50،000ރ.

  • ތިން ވަނައަށް: 30،000ރ.

ވަނަތައް ހާސިލްކުރި ފަރާތްތަކަށް ފައިސާގެ ޗެކް ހަވާލުކޮށްދެއްވީ މީޑިއާނެޓުގެ ހެޑް އޮފް މާކެޓިން ޒިހުނީ ރަޝީދު އެވެ.

އެ މުބާރާތުގައި ޖުމުލަ ނުވަ ފިލްމު ބައިވެރިކޮށްފައިވެ އެވެ. އެ ފިލްމުތަކަކީ:

  • އިހުތިޔާރު - ލޯ

  • ހިމިތި - އިސްމާއިލް އާސިފް

  • ދަ ލެޓާ - އަލީ ޝާމިން

  • ހަށި - މުހައްމަދު ޝަނޫން

  • ނަޒަރު - ލައިޓްސް އައުޓް

  • މޫވީ ނައިޓް - މިފްޒާ ހަސަން

  • ހައްގު ނިޔާ - ރީޝާ ޝަރީފް

  • ބްލޫސް - ޝިއްމަ

  • ގާޑަން ތެރޭ އުދުހިލާ - ސްލޯ ޓޭޕް

އެނގުން މުހިންމު - ސާޅީސް މިނެޓަށް ވުރެ ދިގު ނުވާ ގޮތަށް، ސިޔާސީ ނުވަތަ ދީނާ ދެކޮޅު މަންޒަރާއި އަޑު ނުހުންނަ ގޮތަށް، ތައްޔާރު ކޮށްފައިވާ މި ފިލްމުތަކަށް އިންސާފުކޮށްފައިވަނީ ފަނޑިޔާރުން އަދި ބެލުންތެރިންގެ އެންމެ ބޮޑު މަގުބޫލުކަން ލިބުނު އުފެއްދުންތަކަށް ބަލައިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް