އަކްޝޭ ކުމާރު

އަކްޝޭ ކުމާރު

އަކްޝޭ އަށް ކޮވިޑް ޖެހި ކާން ފިލްމު ފެސްޓިވަލަށް ދެވޭ ގޮތެއް ނުވި

އިންޑިއާ އިން ކާން އަށް ދާ ތަރިންގެ ތެރޭގައި ދީޕިކާ ޕަދުކޯން އާއި ނަވާޒުއްދީން ސިއްދީގީ ހިމެނޭ
16 މޭ 2022

ކާން ފިލްމް ފެސްޓިވަލުގެ ރެޑް ކާޕެޓުން އަކްޝޭ ކުމާރަށް ޖާގަ ލިބިފައި އޮތަސް އެ ނަސީބު ގެއްލިއްޖެ އެވެ. މި މަހުގެ 17 ގައި އޮންނަ ފެސްޓިވަލުގައި އިންޑިއާ އިން ބައިވެރިވާ ވަފުދުގައި ހިމެނޭ އަކްޝޭ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އަކްޝޭ ހޮނިހިރު ދުވަހުގެ ރޭ ކުރި ޓްވީޓެއްގައި ބުނީ، ކާން ފެސްޓިވަލުގެ އިންޑިއާ ޕެވިލިއަންގައި ގައުމުގެ ސިނަމާ ތަމްސީލްކުރަން އެދިއެދި ހުއްޓާ އެ ފުރުސަތު ގެއްލުމުން ހިތާމަކުރާ ކަމަށެވެ. އޭނާ ވަނީ ފެސްޓިވަލަށް ދާ އިންޑިއާގެ ވަފްދަށް ކާމިޔާބީ އަށް އެދިފަ އެވެ.

އިންޑިއާ އިން ކާން އަށް ދާ ތަރިންގެ ތެރޭގައި ނަވާޒުއްދީން ސިއްދީގީ، ޕޫޖާ ހެޖް، ނަޔަންތަރާ، އޭއާރު ރަހުމާން، އާރު މާދަވަން، ތަމަންނާ ބާޓިޔާ އަދި ހީނާ ހާން ހިމެނެ އެވެ. އަދި ކާން ފިލްމު ފެސްޓިވަލުގެ ޖޫރީންގެ ޕެނަލުން މި އަހަރު ދީޕިކާ ޕަދުކޯން އަށް ވަނީ ޖާގަ ލިބިފަ އެވެ.

ހަމައެކަނި އިންޑަސްޓްރީ ޕްރޮފެޝަނަލުންނަށް ބައިވެރިވެވޭ މި ފިލްމު ފެސްޓިވަލަކީ، ޑޮކިޔުމެންޓްރީ ހިމެނޭހެން، ހުރިހާ ޖޯންރާއެއްގެ އާ ފިލްމު ބައިވެރިކޮށްގެން ކުރިއަށްގެންދާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލް ފްރާންސްގެ ކާންގައި ބާއްވާތާ މިއީ 75 ވަނަ އަހަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް