ޑިޒްނީ

'ޕްރިންސެސް ޑަޔަރީސް'ގެ ތިންވަނަ ބައެއް އުފައްދަނީ

ފުރަތަމަ ފިލްމު ރިލީޒްކުރީ 2001 ވަނަ އަހަރު
18 ނޮވެމްބަރު 2022

'ދަ ޕްރިންސެސް ޑަޔަރީސް'ގެ ތިންވަނަ ފިލްމެއް އުފައްދަން ނިންމައިފި އެވެ.

ގާތްގަނޑަކަށް 18 އަހަރަށް ފަހު 'ޕްރިންސެސް ޑަޔަރީސް'ގެ ތިންވަނަ ބައި އުފައްދަން ނިންމައި ފިލްމުގެ ވާހަކަ ލިޔަން މަސައްކަތް ފަށާފައިވާ ކަމަށްވެ އެވެ.

މި ފްރެންޗައިސްގެ ފުރަތަމަ ބަޔަށް 165 މިލިއަން ޑޮލަރު އަދި ދެވަނަ ބަޔަށް 134 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

ފުރަތަމަ ފިލްމާއި ދެވަނަ ފިލްމުން 2001 އަދި 2004 ވަނަ އަހަރު ފެނުނު އޭން ހެތަވޭ ތިންވަނަ ފިލްމުން ވެސް ފެންނާނެތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ. 

ފިލްމު އިއުލާނު ކުރި ހިސާބުން ފެށިގެން ގިނަ ބަޔަކު ބުނިގޮތުގައި އުއްމީދު ކުރަނީ 'ޕްރިންސެސް ޑަޔަރީސް'ގެ ކުރީ ދެ ފިލްމުގެ ކާސްޓު ތިންވަނަ ބައިން ވެސް ފެންނާނެ ކަމަށެވެ.

އޭން މީގެ ކުރިން ވަނީ، 'ޕްރިންސެސް ޑަޔަރީސް'ގެ ތިންވަނަ ބައެއް އުފައްދާ ނަމަ އެ ފިލްމު ކުޅޭނެ ކަމަށް ބުނެފަ އެވެ.

'ޕްރިންސެސް ޑަޔަރީސް' އިން ދައްކަނީ އެމެރިކާގެ ފުރާވަރުގެ އަންހެންކުއްޖަކަށް ޔޫރަޕުގެ ގައުމެއް ކަމަށްވާ ޖެނޯވިއާގެ ތަހުތު ވާރުތަވާންހުރިކަން އެނގި، ވާ ކަންތައްތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް