އަންހެނުންގެ ޔޫރޯ މުބާރާތް ބާއްވާ ގައުމު، އިންގްލެންޑުގެ އަންހެން ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް.

މީޑިއާނެޓް

އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތް މިރޭ ފަށަނީ؛ ހުރިހާ މެޗުތައް މީޑިއާނެޓުން ބަލައިލެވޭނެ

މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ އިންގްލެންޑާއި އޮސްޓްރިއާ. ހުރިހާ މެޗެއް ވެސް މީޑިއާނެޓްގެ ބައެއް ކުޅިވަރު ޗެނަލްތަކުން ވަގުތުން ދައްކާނެ

ޔޫރަޕު ބައްރުގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔުއެފާ ވިމެންސް ޔޫރޯ ފުޓުބޯޅަ މުބާރާތް މިރޭ ފަށަން ތައްޔާރުވެފައި ވާއިރު، މި މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ދައްކާނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޔޫރަޕުގެ 16 ގައުމަކުން އަންހެނުންގެ ގައުމީ ފުޓުބޯޅަ ޓީމު ވާދަކުރާ އެ މުބާރާތް ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.

މިފަހަރުގެ މުބާރާތް ބާއްވަނީ އިނގިރޭސިވިލާތުގަ އެވެ. އޯލްޑް ޓްރެފަޑް ދަނޑުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާއި އޮސްޓްރިއާ އެވެ.

ތަފްސީލު - އެ މުބާރާތުގެ މެޗުތައް މީޑިއާނެޓްގެ ކުޅިވަރު ޗެނަލްތަކުން ވަގުތުން ދައްކާނެ އެވެ. އެ ޗެނަލްތަކަކީ:

  • ސޮނީ ޓެން 2 (ޗެނަލް 309)

  • ސޮނީ ޓެން 2 އެޗުޑީ (ޗެނަލް 892)

ޓީވީ ޗެނަލްތަކުގެ އިތުރުން މީޑިއާނެޓު 'ކުއިކްޕޭ' އިން ވައުޗާއެއް ގަނެގެން، މީޑިއާނެޓުގެ 'އެމްއެސް ޑިޖިޓަލް' އެޕްލިކޭޝަން މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެ ވެސް މި މުބާރާތުގެ މެޗުތައް ބަލައިލެވޭނެ އެވެ. މި ވައުޗާ މީޑިއާނެޓުގެ އޮތޯރައިޒްޑް ޑީލަރުންގެ އަތުން ވެސް ގަނެވޭނެ އެވެ.

މީޑިއާނެޓުގެ ހިދުމަތްތަކާއި ޔޫރޯ މުބާރާތުގެ މެޗުތަކާ ގުޅޭ އިތުރު މައުލޫމާތު މީޑިއާނެޓުގެ ވެބްސައިޓުން ލިބޭނެ އެވެ.

ޔުއެފާ ވިމެންސް ޔޫރޯ

  • ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ މުބާރާތެއް

  • ބާއްވަން ފެށީ 1982 ވަނަ އަހަރު

  • ވާދަކުރާނީ 16 ޓީމު (ޓީމުތައް ބަހާލާފައިވަނީ ހަތަރު ގުރޫޕަކަށް؛ ކޮންމެ ގުރޫޕެއްގެ ހަތަރު ޓީމު)

  • އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ނެދަލެންޑްސް

  • މިފަހަރުގެ މުބާރާތް އޮންނަނީ އިނގިރޭސިވިލާތުގައި

  • މުބާރާތް ކުރިއަށްދާނީ މިރެއިން ފެށިގެން މި މަހުގެ ނިޔަލަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް