ސިމްޑީ ރޯދަ ހަދިޔާ. (ފޮޓޯ/ސިމްޑީ)
ސިމްޑީ ރޯދަ ހަދިޔާއާ އެކު ހަނދާނުން ނުދާނެ އުފާވެރި ރޯދަމަހެއް
ގާތް މީހެއްގެ ފަރާާތުން ސަޕްރައިޒެއްގެ ގޮތުގައި ހަދިޔާއެއް ލިބުމުކީ ކޮންމެ މީހަކަށް ވެސް އުފާވެރި އިހުސާސްތަކެއް ގެނެސްދޭނެ ކަމެކެވެ. ރޯދަމަސް ފެށެން ކައިރިވެފައިވާއިރު، ރޯދަމަހުގައި ވެސް މި އުފާވެރި އިހުސާސް ގާތް މީހުންނަށް ގެނެސްދެވޭނެ ލުއި ގޮތެއް ސިމްޑީއިން ވަނީ ފަހިކޮށްދީފަ އެވެ. ސިމްޑީގެ ރޯދަ ހަދިޔާއާ އެކު މި ރޯދަމަހަކީ ގާތް މީހުންގެ ހަނދާނުގައި ހުންނާނެ ވަރުގެ ރޯދަމަހަކަށް ހެދިދާނެ އެވެ.
ކައިރި ނުވަތަ ދުރުގައި ތިއްބަސް، ކަސްޓަމަރުން ބޭނުންވާ ތަނަކަށް، އެ މީހަކު ބޭނުންވާ ގޮތަކަށް ހާއްސަ މެސެޖަކާ ވެސް އެކީގައި ސިމްޑީއިން ރޯދަ ހަދިޔާ ގެންގޮސްދޭނެ އެވެ.
މިއީ އެކުގައި މަސައްކަތް ކުރާ އޮފީސް ރަހުމަތްތެރިންނަށް ވެސް ހަދިޔާ ދޭން ފަސޭހަ ގޮތެކެވެ. އެ މީހުން އޮފީހަށް ދިޔުމުން މޭޒުމަތިން ފެންނާނީ ޕާރުސަލް ކޮށްފައި އޮތް ރޯދަ ހަދިޔާއެކެވެ. ގަނޑުކޮށް، އޮފީސް އެންމެންނަށް އެއްފަހަރާ ވެސް ހަދިޔާތައް ފޮނުވާލެވިދާނެ އެވެ.
ރޯދަމަހާ ދިމާކޮށް އާއިލާ އާއި ރަހުމަތްތެރިން އެއްތަންވެ، މާހެފުން ބާއްވަމުން އަންނައިރު، ސިމްޑީ ރޯދަ ހަދިޔާއަކީ މާހެފުން ފަދަ ހަރަކާތްތައް ވެސް އިތުރަށް އުފާވެރިކޮށްލެވޭނެ ގޮތެކެވެ.
ސިމްޑީ ރޯދަ ހަދިޔާގެ ތަފާތު ދެ ޕެކެއް ގަނެވިދާނެ އެވެ. އެއީ ރޯދަ ހަދިޔާ 500 ޕެކާއި 1،500 ޕެކެވެ. މި ދެ ޕެކުގައި ވެސް ބަންދުކޮށްފައި ހުންނާނީ ރޯދަމަހާ ގުޅޭ، ބޭނުންތެރި ސާމާނެވެ.
ސިމްޑީގެ މޮބައިލް އެޕްލިކޭޝަން 'ސިމްޑީ އޮންލައިން' މެދުވެރިކޮށް ރޯދަ ހަދިޔާ ގަނެ، ޑެލިވާ ކޮށްލެވޭނެ އެވެ.
-
ސިމްޑީ އޮންލައިންގެ ރޯދަ ހަދިޔާ ސެކްޝަނަށް ގޮސް ބޭނުންވާާ ޕެކޭޖެއް ހިޔާރު ކުރުމަށް ފަހު، ޑެލިވަރީ އެޑްރެސް އާއި ދޭން ބޭނުންވާ މެސެޖެއް ލިޔެވޭނެ
-
ފައިސާ ދެއްކުމުން ކަސްޓަމަރު ދިން އެޑްރެހަށް ސިމްޑީއިން ގިފްޓް ޕެކް ޑެލިވާ ކޮށްދޭނެ