![](https://cdn.dhauru.com/s3/media/2024/02/06/349a41c9-9053-4df4-b2a7-bf2b7316eab4.png?fit=crop-50-50&w=1400&h=800)
އެމްއޭސީއެލްގެ ޑީއެމްޑީ އަކަށް އައްޔަނު ކުރި މުޖްތަބާ
އެމްއޭސީއެލްގެ ޑީއެމްޑީއަކަށް މުޖުތަބާ އައްޔަންކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ކުރިން ވެސް އެ ކުންފުނީގެ އިސް މަގާމުތަކެއް އަދާކުރެއްވި، މުޖުތަބާ ލަތީފް އައްޔަނުކޮށްފި އެވެ.
ތަފްސީލް - ޑީއެމްޑީގެ މަގާމަށް މުޖުތަބާ އައްޔަންކުރީ އެ ކުންފުނީގެ ބޯޑުން ފާސްކޮށްގެންނެވެ.
އެމްއޭސީއެލްގެައި ދިގު މުއްދަތެއްގައި ކުރިން ވެސް ހިދުމަތްކުރައްވައި، ބޮޑެތި ޒިންމާތަކެއް ނެންގެވި މުޖުތަބާ ޑީއެމްޑީއަކަށް އައްޔަންކުރިކަން ކުންފުނީގެ މުވައްޒަފުންނަށް އެންގީ އިއްޔެ އެވެ.
އެމްއޭސީއެލްގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ކުންފުނީގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗާ ބުނާ ގޮތުން އެ ކުންފުނީގަައި މި ވަގުތު ދެ ޑީއެމްޑީން ތިއްބަވަ އެވެ.