ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަޝިޕް ލިބުނު ފަރާތްތައް. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބޭރުން ތަމްރީނު ހޯދަން ބީއެމްއެލްގެ އެހީ 7 ކުޅުންތެރިއަކަށް

މި ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާ އެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދޭނެ
22 ޖެނުއަރީ 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގި މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ތައާރަފްކުރި ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓުން މިއަދު ހޮވައިފި އެވެ.

އެނގުން މުހިންމު - މި ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާ އެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދޭނެ އެވެ.

މި ސްކޮލާޝިޕްއަށް ހުޅުވާލީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ. އަދި ސްކޮލާޝިޕްއަށް އެތުލީޓުން ހޮވާފައިވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންނެވެ. 

ވީ ކިހިނެއް؟ - މި ސްކޮލާޝިޕްއަށް ހޮވުނު އެތުލީޓުން އިއުލާންކުރަން މިއަދު ހެނދުނު މާލެ ޓޭބަލް ޓެނިސް ހޯލުގައި ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގެންނެވީ:

  • އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު 

  • ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ 

  • މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުން 

  • ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އޮފިޝަލުން

ތަފްސީލް - މި ސްކޮލަޝިޕްގެ ދަށުން ޖެމައިކާގެ ކިންގްސްޓަން ސެންޓަރުގައި ތަމްރީނު ހޯދަން ހޮވުނީ:

  • މަރިޔަމް ރޫޔާ އަލީ - އެތުލެޓިކްސް

  • މުހައްމަދު މިންހަލް ޝާމިން - އެތުލެޓިކްސް

ދުވުންތެރިޔާ ރޫޔާ އަލީއަށް ސްކޮލަޝިޕްގެ ލިއުން ހަވާލުކުރަނީ (ފޮޓޯ/ބީއެމްއެލް)
ދުވުންތެރިޔާ މިންހަލް ޝާމިންއަށް ބީއެމްއެލްގެ ލިއުން ހަވާލުކުރަނީ (ފޮޓޯ/ބީއެމްއެލް)

ދުބާއީގައި ތަމްރީނު ހޯދަން ހޮވުނީ:

  • މުހައްމަދު ސާލިމް އަބްދުލް ސަމަދު - ބެޑްމިންޓަން

  • ޝުބާ މުހައްމަދު ޝަރީފް - ބެޑްމިންޓަން

ދުބާއީގައި ތަމްރީން ހޯދަން ހޮވުނު ބެޑްމިންޓަން ކުޅުންތެރިޔާ ސާލިމްއަށް ލިއުން ދެނީ (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލްގެ ސްޕޯޓްސް ސްކޮލަޝިޕް ލިބުނު ބެޑްމިންޓަން ކުޅުންތެރިޔާ ޝުބާ މުހައްމަދު (ފޮޓޯ/ބީއެމްއެލް)

ކްރޯއޭޝިއާގެ ޒަގްރިބްގައި ތަމްރީނު ހޯދަން ހޮވުނީ:

  • ފާތިމަތު ޖުމާނާ ނިމާލް - ޓޭބަލް ޓެނިސް

  • މޫސާ މުންސިފް އަހުމަދު - ޓޭބަލް ޓެނިސް

ޓީޓީ ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލްއަށް، ބީއެމްއެލްގެ ސްކޮލަޝިޕްގެ ލިއުން 22 ޖެނުއަރީ 2023ގައި ހަވާލުކުރުން. (ފޮޓޯ/ބީއެމްއެލް)
ދުބާއީގައި ތަމްރީން ހޯދަން ހޮވުނު ބެޑްމިންޓަން ކުޅުންތެރިޔާ ސާލިމްއަށް ލިއުން ދެނީ (ފޮޓޯ/ބީއެމްއެލް)

މީގެ އިތުރުން، ޓެނިސް ކުޅުންތެރިޔާ ލަޔާން މުހައްމަދު ޝާމިން ތަމްރީނު ހޯދާނީ ސްޕެއިންގެ ބާސެލޯނާގަ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ލަޔާންއަށް ބައިވެރިވެވޭ ގޮތެއް ނުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް