އައިކެއާގެ 'ބައި މޯ، ސޭވް މޯ' ޕްރޮމޯޝަން. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
އައިކެއާގެ ޕްރޮމޯޝަން: ނަންބަރު އައިނަކާ އެކު ގަންނަ އެއްޗަކުން %50 ޑިސްކައުންޓް
އައިކެއާ އިން 'ބައި މޯ، ސޭވް މޯ' ނަމުގައި ހާއްސަ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.
ތަފްސީލް - އަންނަ ޖެނުއަރީ 15ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން:
-
ނަމްބަރު އައިނެއް ހެއްދުމުން ދެން ގަންނަ ޕްރޮޑަކްޓަކުން %50ގެ ޑިސްކައުންޓެއް ލިބޭނެ
-
ދެ އައިނު ހެއްދުމުން ތިންވަނަ ޕްރޮޑަކްޓް ހިލޭ ލިބޭނެ
މީގެ އިތުރުން، މި ޕްރޮމޯޝަންގެ މުއްދަތުގައި އައިކެއާ އިން ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ލަކީޑްރޯއެއް ނަގާނެ އެވެ. އެ ލަކީޑްރޯގެ އިނާމުތަކަކީ:
-
އެއް ވަނައަށް - އައިފޯން 14 ޕްރޯ މެކްސް
-
ދެ ވަނައަށް - އެންމެ ފަހުގެ އެޕަލް އައިޕެޑެއް
-
ތިން ވަނައަށް - ފިޔަވަޅު ރިސޯޓް މޯލްޑިވްސްއަށް ދެ މީހަކަށް ދެ ރޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު
ލަކީޑްރޯ ނެގުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 21ގަ އެވެ.