ޕިއްޒާ ބޯނާ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ޕިއްޒާ ބޯނާގެ ސްކްރެޗް އެންޑް ވިން ޕްރޮމޯ: އިނާމުތަކާއި ޕިއްޒާ ވައުޗާ އަދި ޑިސްކައުންޓް
ވޯލްޑް ކަޕް 2022އާ ދިމާކޮށް ޕިއްޒާ ބޯނާއިން ގިނަ އިނާމުތަކާއި ޑިސްކައުންޓްތަކާ އެކު ސްކްރެޗް އެންޑް ވިން ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެ ޕްރޮމޯޝަން ކުރިއަށްގެންދަނީ އަންނަ މަހުގެ 18ގެ ނިޔަލަށެވެ.
ތަފްސީލު - އެ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޕިއްޒާ ބޯނާގެ ޕިއްޒާ ފޮށިތަކުގައި ތަތްކޮށްފައިވާ އެ ޕްރޮމޯޝަނަށް ހާއްސަ ސްޓިކާ ކަހާލުމުން އެކި އިނާމުތަކާއި ޑިސްކައުންޓް އަދި ވައުޗާ ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އެގޮތުން ލިބޭ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:
-
ފްރީ ޕިއްޒާ
-
ޕާޓީ ޕެކްތައް
-
ޑިސްކައުންޓް (ޑައިން-އިން އަދި ޓޭކްއަވޭ އޯޑަރުތަކުން %10 އަދި %5)
-
ޕިއްޒާ ވައުޗާ
ޕިއްޒާ ބޯނާގެ ސްކްރެޗް އެންޑް ވިން ޕްރޮމޯޝަން
-
އިނާމު ލިބޭނީ 31 ޑިސެމްބަރުގެ ކުރިން ޕިއްޒާ ބުއޯނާގެ އައުޓްލެޓަކަށް ސްޓިކާ ހުށަހެޅުމުން
-
500ރ.ގެ ވައުޗަރު، ޕިއްޒާ ބުއޯނާގައި ޑައިން-އިން ކުރަން ބޭނުންކުރެވޭނެ
-
100ރ.ގެ ވައުޗަރު، ޕިއްޒާ އާއި ސަބްމެރިން ޓޭކްއަވޭގެ ގޮތުގައި ނަގަން ބޭނުންކުރެވޭނެ
-
'#ޕިއްޒާ ކަންޏާ ޕިއްޒާބޯނާ'ގެ ތިން ސްޓިކާ އެއްކޮށް ހުށަހެޅުމުން 500ރ.ގެ އަގުހުރި ޕާޓީ ޕެކް ލިބޭނެ