މަމަތާ ބެނާޖީ ވަނީ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރުން ކުރި ބަގާވާތަކީ އޮޕްޗުނިސްޓުންގެ ގޮތުން ކުރި ކަމެއް ކަމަށް ވިދާޅުވެފައި.

އިންޑިއާ

އިންޑިއާގެ އެންމެ މަގުބޫލު އަންހެން ލީޑަރުގެ ޕާޓީ ބަލިވީ ކީއްވެ؟

މިދިޔަ މަހު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ން ވެސްޓް ބެންގާލްގައި ވެރިކަމާ ހަވާލުވެ، ޓީއެމްސީގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައި
1 ގަޑިއިރު ކުރިން

އާންމު ގޮތެއްގައި ސިޔާސީ ޕާޓީތައް ބަލިވެ އެވެ. އެފަދަ ޕާޓީތައް ދިރިދެމި އޮތުމަށް ގިނަ ފަހަރަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުއްލިއަކަށް ބާރުތައް ގެއްލިގެން ދިއުމެވެ.

އިންޑިއާގެ އިރުމަތީ ސްޓޭޓްގައި 100 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ވެސްޓް ބެންގާލްގައި ޓްރިނަމޫލް ކޮންގްރެސް (ޓީއެމްސީ)އަށް ކުރިމަތިވެފައިވާ ހާލަތަކީ އެއީ އެވެ.

އެ ޕާޓީގެ ބާރުތައް ގެއްލުނުތާ މަހެއްހާ ދުވަސް ނުވަނީސް، އެ ޕާޓީގެ ގިނަ މެމްބަރުންގެ މެދުގައި ދެކޮޅުވެރިކަން އުފެދި، އެ ޕާޓީގެ ބާނީ މަމަތާ ބެނާޖީގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފައްދައިފި އެވެ.

ބެނާޖީއަކީ އާދައިގެ ސަރަހައްދީ ލީޑަރެއް ނޫނެވެ. އަދި 2011 ވަނަ އަހަރު އޭނާ ވަނީ ގިނަ ބަޔަކަށް ހިތަށް ވެސް ނާރާވަރުގެ ކާމިޔާބީއެއްް ހާސިލު ކުރައްވައިފަ އެވެ. އެ އަހަރު އޭނާ ވަނީ ވެސްޓް ބެންގާލްގައި މެދުނުކެނޑި 34 އަހަރު ވަންދެން ހިންގަމުން ދިޔަ ކޮމިއުނިސްޓް ވެރިކަން ނިމުމަކަށް ގެނެސްފަ އެވެ. އޭގެ ފަހުން ޓައިމް މަޖައްލާއިން ވަނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި އޭނާ ހިމެނި އެވެ.

އޭގެ ފަހުން 15 އަހަރު ވަންދެން ވެރިކަންކުރައްވައި އިންޑިއާގެ އެންމެ ކާމިޔާބު ސަރަހައްދީ ޕާޓީއަކަށް ޓީއެމްސީ ބަދަލުވެ، އެ ގައުމުގެ އެންމެ ވަރުގަދަ އިދިކޮޅު ސިޔާސީ ލީޑަރަކަށް ވެވަޑައިގަތެވެ.

މިދިޔަ މަހު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ން ވެސްޓް ބެންގާލްގައި ވެރިކަމާ ހަވާލުވެ، ޓީއެމްސީގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް ގެނަ އެވެ. 

ވެސްޓް ބެންގާލްގެ ފުރަތަމަ ބީޖޭޕީގެ ޗީފް މިނިސްޓަރު ސުވެންދޫ އާ މޯދީ ސަލާމް ކުރައްވަނީ.

އެއާ އެކު ބެނާޖީގެ ޕާޓީ ވަނީ ފުނޑުފުނޑުވެފަ އެވެ. އެކަމަކު އެ ޕާޓީން ވަނީ 26 މިލިއަން ވޯޓު ހޯދައިފަ އެވެ. އަދި ބީޖޭޕީއަށް ވުރެ ތިން މިލިއަން ވޯޓު މަދު، އެހެނަސް، މަގުބޫލު ވޯޓުގެ %40 ހިފަހައްޓައިފަ އެވެ. ސްޓޭޓް އެސްމްބްލީގައި 80 މެމްބަރުންނާއި މަޖިލީހުގެ 28 މެމްބަރުން ހިމެނޭ އެ ޕާޓީ އަދިވެސް އޮތީ ވަރަށް ބޮޑު ސިޔާސީ ބާރެއްގެ ގޮތުގަ އެވެ.

ކޮންމެ ގޮތަކަށް ބެލިޔަސް، އަލުން ޖަމާއަތް ވާންޖެހޭނެ އެވެ. ނަމަވެސް ބަދަލުގައި ފެންނަނީ އެ މަންޒަރުތައް ބީވެގެންދާ ތަނެވެ.

ހަގީގީ ޝޮކެއް ލިބުނީ ގާނޫނު ހަދާ މަޖިލިހުގެ ތެރޭގަ އެވެ. އިންތިހާބު ބޭއްވިތާ ހަފުތާއެއްހާ ދުވަސް ފަހުން ޓީއެމްސީގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ވަނީ ބެނާޖީ އާއި އޭނާއަށް ބޮޑުދައިތަ ކިޔާ ކޮއްކޮ އަބީޝެކް ބެނާޖީއާ ދެކޮޅަށް ބަގާވާތް ކޮށްފަ އެވެ.

ބަގާވާތްކުރި މީހުން ވަނީ ޕާޓީގެ ލެޖިސްލޭޓިވް ވިންގުގެ ކޮންޓްރޯލް ނަގައި އިދިކޮޅު ލީޑަރަކު އައްޔަންކޮށްފަ އެވެ.

ކުރިން އެ ސްޓޭޓް ފެންވަރުގެ ބަގާވާތެއް ކަމަށް ބެލެވޭ އެ ބަގާވާތް މިހާރު ވަނީ ދިއްލީއަށް ފެތުރިފަ އެވެ. ޓީއެމްސީގެ 28 މެމްބަރުންގެ ތެރެއިން 20 މެމްބަރަކު ވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ވަކިވެ، ބީޖޭޕީގެ ވެރިކަންކުރާ ކޯލިޝަނާ ގުޅިވަޑައިގަތުމަށް އެދި މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަން ކަށަވަރު ކުރެވިއްޖެ ނަމަ، ގާނޫނު ހަދާ މަޖިލިހުގެ ބަގާވާތެއްގެ ސަބަބުން ޕާޓީގެ ލީޑާޝިޕާއި އެއްބައިވަންތަކަމަށް އޮތް ގޮންޖެހުމަކަށް އެ މައްސަލަ ވެގެންދާނެ އެވެ. 

ބީޖޭޕީގެ ސަބަބުން އެ އިކުއޭޝަން ވަނީ ބަދަލުވެފަ އެވެ.

ބެނާޖީ، 71، އަދިވެސް ހުންނެވީ އެކަމާ ދެކޮޅު ހެއްދެވުމުގަ އެވެ. އަދި ބީޖޭޕީއަށް ލިބުނު ކާމިޔާބީއަކީ ގާނޫނާ ހިލާފު އަދި "އަހްލާގީ ނާތަހުޒީބު" ކަމެއް ކަމަށާއި 100އަށް ވުރެ ގިނަ ގޮނޑި ފޭރިގެންފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވަ އެވެ.

ބެނާޖީ ސިޔާސީ ދާއިރާ އިން ގެއްލުން ކަމަށް ބެލުން އަދި މާ އަވަހެވެ.

"އަދިވެސް އޭނާ އެނބުރި އަންނާނެ،" ސިޔާސީ މުފައްކިރަކު ބުންޏެވެ.

"އަދިވެސް މީހުންގެ ސަމާލުކަން އަތުލާ އެއް މޫނު އަދި މީހުން ވަކިނުކުރެވޭ އެއް އަޑެއް އޮތް ނަމަ، އެއީ އޭނާގެ މޫނު."

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް