ރުވާންޑާގެ ރައީސް ކަގާމޭ އިންތިހާބުން %99 ވޯޓު ހޯއްދެވި

ރުވާންޑާ

99% ވޯޓާ އެކު ރުވާންޑާގެ ރައީސް އިންތިހާބު 4 ވަނަ ފަހަރަކަށް ކާމިޔާބުކޮށްފި

17 ޖުލައި 2024
1

ރުވާންޑާގެ ރައީސް ކަގާމޭ %99 ވޯޓާ އެކު ހަތަރު ވަނަ ދައުރެއް ކާމިޔާބު ކުރައްވާފައިވާ ކަމަށް އިންތިހާބީ އިދާރާތަކުން ބުނެފި އެވެ.

ތިރީސް އަހަރު ވަންދެން އެ ގައުމުގެ ލީޑަރުކަން ކުރެއްވި ކަގަމޭގެ އެންމެ ބޮޑު ވާދަވެރިއާއަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކޯޓުން ނިންމުމުން އޭނާއާ ދެކޮޅަށް ނުކުތީ ދެ ކެންޑިޑޭޓެކެވެ.

ނޭޝަނަލް އިލެކްޓޯރަލް ކޮމިޝަނުން ހޯމަ ދުވަހުގެ ރޭ ބުނީ އެ ދުވަހާ ހަމައަށް ގުނި %79 ވޯޓުން ކަގަމޭ %99 ވޯޓު ހޯއްދަވާފައިވާ ކަމަށެވެ.

ރުވާންޑާގެ ޑިމޮކްރެޓިކް ގްރީން ޕާޓީގެ ފްރޭންކް ހަބީނޭޒާއަށް %0.53 ވޯޓު ލިބިފައިވާއިރު، މިނިވަން ފިލިޕް އެމްޕައިމާނާއަށް ލިބިފައިވަނީ %0.32 ވޯޓު ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް އޭނާ ވަނީ %98.7އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ.

ރަޖިސްޓްރީ ކުރުމުގެ ލިޔުންތައް ފުރިހަމަ ނުވާ ކަމަށް ބުނެ އިތުރު އަށް ކެންޑިޑޭޓަކު ވާދަކުރުމަށް އެ ކޮމިޝަނުން ވަނީ ހުރަސްއަޅައިފަ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި ރަސްމީ ނަތީޖާ އިއުލާން ކުރާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. 

ކަގާމޭ، 66، އަންނަނީ 2000 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ. އޭނާއަށް ހަތަރު ވަނަ ދައުރެއް ރައްޔިތުން ދިނުމުން އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. 

"ހުށަހަޅާފައިވާ ނަތީޖާތަކުން ދޭހަވަނީ ވަރަށް މަތީ ސްކޯއެއް. މިއީ ހަމައެކަނި އަދަދުތަކެއް ނޫން، %100 ވިޔަސް މިއީ ހަމައެކަނި އަދަދުތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މި އަދަދުތަކުން އެނގެނީ އިތުބާރު ކަމަށާއި އެއީ އެންމެ މުހިންމުކަމަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު އުންމީދު ކުރަނީ އެންމެން ގުޅިގެން ހުރިހާ މައްސަލަތަކެއް ހައްލުކުރެވޭނެ ކަމަށް،" ކަގާމޭ ވިދާޅުވި އެވެ.

ރުވާންޑާގެ އާބާދީގެ %65 އަކީ އުމުރުން 30 އަހަރުން ދަށުގެ މީހުންނެވެ. އެ ގައުމުގެ އެންމެ ގިނަ ރައްޔިތުން ދަންނަ ހަމައެކަނި ލީޑަރަކީ ކަގާމޭ އެވެ.

އޭނާ އާންމުންގެ ތެރޭގައި މަގުބޫލުވީ 1994 ވަނަ އަހަރުގެ ގަތުލުއާންމަށް ފަހު ހާލުގައި ޖެހިފައިވާ ގައުމު އަލުން ބިނާކުރުމުގެ ކްރެޑިޓް އޭނާއަށް ލިބެ އެވެ. އަދި އަމިއްލަ ގައުމުގައި ތިމާވެށީގެ ބިރުވެރިކަން އުފައްދަވައިގެން ވެރިކަން ކުރައްވާ ކަމުގެ ތުހުމަތު ވެސް އޭނާއަށް ކުރެ އެވެ. އަދި އަވަށްޓެރި ކޮންގޯގައި ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތު ވެސް ކުރެ އެވެ.

ކަގަމޭ އަކީ އެފްރިކާގެ ލީޑަރުންގެ ތެރޭގައި ޓާމް ލިމިޓެއް ނެތި ވެރިކަން ކުރައްވާ ލީޑަރެކެވެ. އަދި 2015 ވަނަ އަހަރު ނެގި ވޯޓެއްގައި ރުވާންޑާގައި ވަނީ ދެ ދައުރުގެ ލިމިޓް އުވާލުމަށް ވޯޓުން ފާސްކޮށްފަ އެވެ. މިހާރު ކަގަމޭއަށް ވެރިކަމުގައި 2034 ވަނަ އަހަރާ ހަމައަށް ހުންނެވޭނެ އެވެ.

އޭނާއަށް ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ކަގަމޭ އަކީ 2012 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު އެވްރެޖްކޮށް %7.2ގެ އިގްތިސާދީ ދުވެލި ހިފެހެއްޓުމާއި ހޮސްޕިޓަލްތަކާއި މަގުތައް ހިމެނޭ ގޮތަށް ކްރިޓިކަލް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގައި މަގުބޫލު ބޭފުޅެކެވެ.

ކޮމެންޓް (1)

ބާގިރުގެ ޖާބިރު

18 ޖުލައި 2024
މިގައުމުގަވެސް ތިޔަހެން މީހަކު %95އިން މަތި ހޯދައިގެން ތިރީސް އަހަރު ވެރިކަން ކުރި. އާޙިރުގަ އެކަންވީ ބިލާހަކަށް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް