Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ޓައިވާނާއި ހޮންޑިއުރާސްގެ ދިދަ.

ހޮންޑިއުރަސް

ހޮންޑިއުރާސް އިން ޓައިވާނު ބާކީކޮށް ޗައިނާއާ އެކު ރަސްމީ ގުޅުންތައް ގާއިމުކޮށްފި

ގުޅުންތައް ބަދަލުކުރުމުގެ ކުރިން ހޮންޑިއުރާސް އިން ވަނީ ޗައިނާ އާއި ޓައިވާނުގައި ފައިސާއަށް އެދިފައި

ޒަމާންތަކެއް ވަންދެން ޓައިވާނާ އެކު ބާއްވަމުން އައި ރަސްމީ ގުޅުންތައް ހުއްޓުމަކަށް ގެނެސް ހޮންޑިއުރާސް އިން ޗައިނާއާ އެކު ރަސްމީ ގުޅުންތައް ގާއިމުކޮށްފި އެވެ.

ހޮންޑިއުރާސްގެ މި ނިންމުމާ އެކު ބެއިޖިންގް އިން "ބިރުދައްކައިގެން ގަދަބާރުން" ޓައިވާނާ އެކު ރަސްމީ ގުޅުން އޮތް މަދު ގައުމުތަކެއް ޖަހައިގަންނަމުން ދާކަމަށް ޓައިޕޭއިން ވަނީ ތުހުމަތުކޮށްފަ އެވެ. 

ހޮންޑިއުރާސްގެ ހާރިޖީ ވުޒާރާއިން އިއްޔެ ބުނެފައިވާ ގޮތުގައި "ހޮންޑިއުރާސްގެ ސަރުކާރުން ބަލައިގަންނަނީ ދުނިޔޭގައި އެންމެ ޗައިނާއެއް އޮތް ކަމަށެވެ." އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރަކީ މުޅި ޗައިނާގެ ރަމްޒުކޮށްދޭ ސައްހަ ހަމަ އެކަނި ސަރުކާރު" ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. ހަމަ މިއާ އެކު "ޓައިވާނަކީ ވަކި ނުކުރެވޭނެ ޗައިނާގެ ސަރަހައްދެއް" ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

ޓައިވާނާ އެކު ރަސްމީ ގުޅުންތައް މެދުކަނޑާލިކަން ޓައިޕޭއަށް އަންގާފައިވާ ކަމަށާއި ރަސްމީ މޭރުމެއްގައި އެއްވެސް ވާހަކަތަކެއް އަދި ގުޅުމެއް ވެސް ނުބާއްވާނެކަން ޓައިޕޭއަށް އަންގާފައިވާ ކަމަށް ވެސް ހޮންޑިއުރާސްގެ ހާރިޖީ ވުޒާރާއިން ބުންޏެވެ. 

ހޮންޑިއުރާސްގެ މި ނިންމުމާ އެކު ޓައިވާނާ އެކު ރަސްމީ ގުޅުންތައް ގާއިމުކޮށްފައި އޮތް ގައުމުތަކުގެ އަދަދު ވަނީ އެންމެ 13 އަށް ވެއްޓިފަ އެވެ.

ދާހިލީ ހަނގުރާމައަކަށް ފަހު ޗައިނާ އާއި ޓައިވާނު ވަކިވެފައި ވަނީ 1949 ވަނަ އަހަރު އެވެ. އަދި އެފަހުން ދުނިޔޭގެ މަސްރަހުން މިދެގައުމު ރަސްމީކޮށް ބަލައިގަންނަ ގޮތަށް ނުފޫޒު ފޯރުވުމަށް ބެއިޖިންގް އާއި ޓައިޕޭއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. ބެއިޖިންގް އިން އަންނަނީ "ވަން ޗައިނާ" ސިޔާސަތަށް ބިލިއަނުން ޑޮލަރު ހަރަދު ކުރަމުން ނެވެ. 

ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބެއިޖިންގް އިން ދެކެ އެވެ. 

ހޮންޑިއުރާސް އިން ޗައިނާއާ އެކު ރަސްމީ ގުޅުންތައް ގާއިމުކޮށް ސޮއި ކުރަނީ (ވީޑިއޯ/ސީޖީޓީއެން)

މިިދިޔަ ހަފްތާގައި ހޮންޑިއުރާސްގެ ހާރިޖީ ވަޒީރު ވަނީ ޗައިނާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އަދި ހޮންޑިއުރާސްގެ ރައީސް ޒިއޮމާރާ ކާސްޓްރޯ ވަނީ އެފަހުން ބެއިޖިންގް އާ އެކު ގުޅުންތައް ގާއިމު ކުރައްވާނޭ ކަމަށް ވިދާޅުވެފަ އެވެ.

ހޮންޑިއުރާސްގެ މި ނިންމުމާ އެކު އެގައުމުގައި ހުރި ޓައިވާނު އެމްބަސީ ބަންދުކޮށް ސަފީރު އަނބުރާ ގެންނަވާނެ ކަމަށް ޓައިވާނުގެ ހާރިޖީ ވަޒީރު ޖޯސެފް ވޫ ވިދާޅުވި އެވެ. އަދި ހޮންޑިއުރާސްގެ ސަރުކާރުން އެތައް ބިލިއަން ޑޮލަރެއްގެ އެހީ ހޯދުމަށް ޗައިނާ އާއި ޓައިވާނު ސަރުކާރުން އެދުނު ކަމަށް ވެސް ވޫ ހާމަ ކުރެއްވި އެވެ.

ޗައިނާއާ އެކު ގުޅުން ބަދަހިކުރުމަށް ނިންމާ އެކަން ރައީސް ކާސްޓްރޯ އިއުލާނު ކުރެއްވުމުގެ އެއް ދުވަސް ކުރިން ހޮންޑިރުރާސްގެ ހާރިޖީ ވަޒީރު އެހީގެ ގޮތުގައި 2.45 ބިލިއަން ޑޮލަރު ދިނުމަށާއި، ހޮސްޕިޓަލެއް އަޅާ ދިނުމަށާއި އަދި ލޯނުތައް މައާފުކޮށްދިނުމަށް ޑިމާންޑުކޮށް ސިޓީއެއް ފޮނުއްވި ކަމަށް ވެސް ވޫ ވިދާޅުވި އެވެ.

"ހީވީ އެމީހުން ބޭނުންވީ ފައިސާހެން، ހޮސްޕިޓަލެއް ނޫން ހެން." ވޫ ވިދާޅުވި އެވެ.

ދުނިޔޭގެ މަސްރަހުގައި ޓައިވާނު އެކަހެރި ކުރުމަށް ޗައިނާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް 100 އަށް ވުރެއް ގިނަ ގައުމާ އެކު ޓައިޕޭއިން ރަނގަޅު ގުޅުންތަކެއް ބާއްވަމުން ދެއެވެ. މީގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް