އެމެރިކާގެ މިސިސިޕީއަށް އައި ބާރުގަދަ ނަގޫރޯޅި އަރައި ގެއްލުން ލިބުނު ސަރަހައްދެއްގައި މީހުން ތާށިވެފައި ތިބިތޯ ބަލަނީ

އެމެރިކާ

އެމެރިކާގެ މިސިސިޕީއަށް އެރި ބާރުގަދަ ނަގޫރޯޅިއެއްގައި 23 މީހަކު މަރުވެ ތަންތަން ސުންނާފަތިވެއްޖެ

ގިނަ ޓައުންތަކަކަށް ގެއްލުން ލިބިފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގައި މީހުން ތާށިވެފައި ތިބިތޯ އަންނަނީ ބަލަމުން
25 މާރިޗު 2023

އެމެރިކާގެ މިސިސިޕީ ސްޓޭޓަށް އެރި ބާރުގަދަ ނަގޫރޯޅިއެއްގައި މަދުވެގެން 23 މީހަކު މަރުވެ ތަންތަން ސުންނާފަތިވެއްޖެ އެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު މީހުން ތާށިވެފައި ތިބި ކަމަށް ބެލެވެ އެވެ.

ނަގޫރޯޅީގައި ރަށްފުށު ސަރަހައްދުގެ ގިނަ ޓައުންތަކަކަށް ގެއްލުން ލިބިފައިވާ އިރު ގަސްތައް ވެއްޓި ކަރަންޓު ނަރުތައް ބުރިވެ އެތައް ހާސް ގެއަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ.

މިސިސިޕީގެ އެކި ހިސާބުތަކަށް ގަނޑުފެނާއި ބޯ ވާރޭވެހިފައި ވެސް ވެ އެވެ. 

އެމެރިކާގެ މިސިސިޕީއަށް އައި ބާރުގަދަ ނަގޫރޯޅި އަރައި ގެއްލުން ލިބުނު ސަރަހައްދެއް

މިސިސިޕީގެ ގަވަރުނަރު ޓޭޓް ރީވްސް ޓްވިޓާގައި ވިދާޅުވިގޮތުގައި މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިސިސިޕީއަށް އަދި މިއީ މިއަދު ހެނދުނެވެ. ނެޝަނަލް ވެދާ ސާވިސް އިން ބުނިގޮތުގައި ނަގޫރޯޅީގައި ހަލާކުވި ތަކެތީގެ ކުނިބުނި ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށައިފަ އެވެ. ނަމަވެސް ވެއްޓިފައިވާ ކަރަންޓު ކޭބަލްތަކާ ގާތްނުވުމަށާއި ގެއްލުން ލިބިފައިވާ އިމާރާތްތަކަށް ނުވަނުމަށް އަދި ވިއްސާރައިގައި ހެދިފައިވާ ފެންގަނޑުތަކަށް ނޭރެން އެ ތަނުން އިންޒާރުދީފައިވެ އެވެ.

އެމެރިކާގެ ދެކުނުގެ އިތުރު ބައެއް ސްޓޭޓްތަކަށް ވެސް ބާރުގަދަ ތޫފާންތައް އަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް