އިޝްތިހާރު

ތުރުކީގެ ރައީސް އުރުދުގާން އާއި ފިންލެންޑުގެ ރައީސް ސައުލީ ނީނިސްޓޯ.

ތުރުކީ

ފިންލެންޑުގެ ނޭޓޯ ބިޑަށް ވޯޓުދިނުމަށް އުރުދުގާން ނިންމަވައިފި

ތުރުކީއަށް ފަހު ފިންލެންޑަށް ދެން މިހާރު މަދުވަނީ ހަމައެކަނި ހަންގޭރީގެ ވޯޓު

ފިންލެންޑުން ނޭޓޯއާ ގުޅުމަށް ތުރުކީން ވޯޓު ދޭނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެ އެވެ.  

އުރުދުގާން މިގޮތަށް ވިދާޅުވެފައި ވަނީ އިއްޔެ ތުރުކީގެ ވެރިރަށް އަންކާރާގައި ފިންލެންޑުގެ ރައީސް ސައުލީ ނީނިސްޓޯއާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު އެވެ. 

ނޭޓޯއާ އަލަށް ގައުމަކުން ގުޅުމަށް ހުރިހާ މެމްބަރު ގައުމެއްގެ ވޯޓު ބޭނުންވެ އެވެ.

ޒަމާންތަކެއް ވަންދެން ވަކިކޮޅަކަށް ބުރަ ނުވުމުގެ ސިޔާސަތެއް ގެންގުޅެމުން އައި ފިންލެންޑާއި ސްވީޑެން އިން، ޔޫކްރެއިނު ހަނގުރާމައާ ގުޅިގެން ނޭޓޯއާ ގުޅުމަށް ނިންމައި މެމްބަރަކަށް ވުމަށް ހުށައަޅާފައި ވަނީ މިދިޔަ މޭ މަހު އެވެ. 

ނަމަވެސް، ތުރުކީން "ޓެރަރިސްޓު" ޖަމާއަތްތަކެއް ކަމަށް ބުނާ ގްރޫޕުތަކާ މެދު މި ދެ ގައުމުން ގެންގުޅެމުން އަންނަ ސިޔާސަތުތައް ހަރުކަށި ނޫން ކަމަށް އަންކާރާއިން ވަނީ ތުހުމަތުކޮށްފަ އެވެ. އަންކާރާއިން ވަނީ މިކަމުގައި ފިންލެންޑަށް ވުރެ ބޮޑަށް ސްވީޑެން އަށް ފާޑުކިޔާފަ އެވެ. 

"ތިން ޕާޓީއެއްގެ މެދުގައި އެއްބަސްވެވުނު ކަންކަން ފުރިހަމަކުރުމަށް ފިންލެންޑުން ސައްހަ އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ތަން އަހަރެމެންނަށް ވަނީ ފެނިފައި،" ހެލްސިންކީ، ސްޓޮކްހޯމް އަދި އަންކާރާއާ ދެމެދު މިދިޔަ އަހަރުގެ ޖޫން މަހު ސޮއިކުރި އެއްބަސްވުމަށް އިޝާރާތްކުރައްވައި އުރުދުގާން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

އުރުދުގާންގެ މި ފެހި ސިގްނަލާ އެކު ފިންލެންޑުގެ ނޭޓޯ އެޕްލިކޭޝަނަށް ތާއީދު އޮތްތޯ ބެލުމަށް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. އުރުދުގާން ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އާއި ކޯލިޝަނަށް މެޖޯރިޓީ އޮންނަ ތުރުކީގެ މަޖިލީހުގައި މި ހުށައެޅުން ފާސްވާނެ ކަމަށް ބެލެވެ އެވެ.

ފިންލެންޑާއި ސްވީޑެން އިން އެކުގައި ނޭޓޯއާ ގުޅުމަށް ކުރިން ނޭޓޯއިން ބޭނުންވި ނަމަވެސް، މި ވިސްނުން މިހާރު ނޭޓޯއިން ބަދަލުކޮށްފައިވާ ކަމަށް ވަނީ ގަބޫލު ކުރެވިފަ އެވެ.

ފިންލެންޑުގެ އިތުރުން ސްވީޑެން ވެސް ނޭޓޯއާ ގުޅުމަށް ތުރުކީން އަވަހަށް ވޯޓު ދޭނެ ކަމަށް  އުއްމީދު ކުރައްވާކަމަށް ފިންލެންޑުގެ ރައީސް ނީނިސްޓޯ ވަނީ ވިދާޅުވެފަ އެވެ.

ތުރުކީގައި އަންނަ މޭ މަހު އޮންނަ ރިޔާސީ އިންތިހާބަށް ފަހު ސްވީޑެން އަށް ތުރުކީގެ ވޯޓު ލިބުމުގެ މަސައްކަތް އަވަސްވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސްވީޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓާސަން ވަނީ ވިދާޅުވެފަ އެވެ. 

ފިންލެންޑުން ނޭޓޯއާ ގުޅުމަށް އުރުދުގާން ވޯޓުދޭން ނިންމެވުމާ ގުޅޭ (ވީޑިއޯ/ސީބީއެސް ނިއުސް)

ތުރުކީގެ ނިންމުމަށް އެމެެރިކާއިން މަރުހަބާ ކިޔާފައި ވާއިރު، އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު ޖޭކް ސަލިވަން ވަނީ ފިންލެންޑާއި ސްވީޑެންއަށް ވޯޓު ދިނުމުގެ މަސައްކަތް އަވަސް ކުރުމަށް ހަންގޭރީއަށް ގޮވާލާފަ އެވެ. 

ރަޝިޔާއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ހަންގޭރީ އަކީ ތުރުކީގެ އިތުރުން ފިންލެންޑާއި ސްވީޑެން ނޭޓޯއަށް ވަނުމަށް ވޯޓު ނުދީ އޮތް ހަމައެކަނި ގައުމެވެ. 

އިޝްތިހާރު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް