ފެޝަން

މިނެޓަކުން އަޅާލެވޭ ރީތި ބުރުގާ ސްޓައިލެއް

'ދަ އޮޒް ކަލެކްޝަން'ގެ 'އިންސްޓަންޓް ހިޖާބް' އަޅާނެ ގޮތް މި ވީޑިއޯގައި ކިޔައިދޭނެ

ރީތި، ޒަމާނީ އަދި ފަސޭހައިން އަޅާލެވޭ ހިޖާބެއް ނުވަތަ ބުރުގަލެއް އޮތުން މުހިއްމެވެ. މި ޒަމާނުގެ ހަލަބޮލި އާއްމު ދިރިއުޅުމަށް، ގިނަ ވަގުތުތަކެއް ހޭދަވާ ބުރުގާ ސްޓައިލްތައް އޮންނަނީ ގިނަ ފަހަރު ނުވެފަ އެވެ. އެގޮތުން، ގޭތެރޭގައި ނުވަތަ ކުއްލިއަކަށް ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހިނދެއްގައި އެންމެ އެކަށީގެންވަނީ 'އިންސްޓަންޓް' ނުވަތަ ވަގުން އަޅާލެވޭ ބުރުގަލެވެ.

މި ފަހަރުގެ ވީޑިއޯ ޓިއުޓޯރިއަލްގައި، ދިވެހި ބުރުގާ ބްރޭންޑު 'ދަ އޮޒް ކަލެކްޝަން'ގެ 'އިންސްޓަންޓް ހިޖާބް' އަޅާނެ ގޮތް ކިޔައިދޭނެ އެވެ. 'ބެލޭ ސްލިޕާޒް' ކުލައިން ލިބެން ހުންނަ 'އިންސްޓަންޓް ހިޖާބް' އަޅާނެ ގޮތް ދައްކާދެނީ މޮޑެލް ނައީޝާ އެވެ.

މި ފަހުގެ ގިނަ ބްރޭންޑުތަކުން އުފައްދާ، ވަގުތުން އަޅާލެވޭ ބުރުގަލަކީ ސާދާ ސްޓައިލަކަށް ފަރުމާކޮށްފައިވާ، ބޭސިކް ކަޅު، ހުދު އަދި އެކި މަޑު ކުލަތަކުން ލިބެން ހުންނަ ވައްތަރެކެވެ.

މި ވީޑިއޯގައި ފެނިގެންދާނީ މިނެޓެއްގެ ތެރޭގައި އަޅާލެވޭނެ ރީތި ބުރުގާ ސްޓައިލެކެވެ. އެ މީހަކު ބޭނުން ނަމަ، އަންޑަކެޕްއެއް އެޅުމަށް ފަހު އޭގެ މަތިން ވެސް މި ބުރުގާ އަޅާލެވިދާނެ އެވެ. މި ބުރުގަލުގެ ވަށް ސްޓައިލުގެ ސަބަބުން ނިވާކޮށް، ރީތިކޮށް އަޅާލެވެ އެވެ. 'އިންސްޓަންޓް ހިޖާބް' އަޅާލަން ބޭނުންވާ ފަސޭހަ ދެތިން ސްޓެޕް މި ވީޑިއޯއިން ފެންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް