ތިލަފުށި

ތިލަފުށީ ފަޅުގެ ހާލަތު ބަދަލުކުރަން އެޗުޑީސީން ނުކުމެއްޖެ

ތިލަފުށި ފަޅު ތެރެއަށް އަޅާނުލައި ދޫކޮށްލާފައި ހުރި އޮޑިފަހަރު ދަބަރަށް ވެ އެއްކޮށް ފެތިފައިވާއިރު، އެއީ އެޗުޑީސީން ހެދި މާސްޓަޕްލޭންއަށް ވެސް އޮތް ހުރަހެއް
29 މާރިޗު 2023
1

ކުންޏާއި ތެލުން ކިލަނބުވެފައިވާ ތިލަފުށީގެ ފަޅުތެރެއިން ދަތުރުކޮށްފައި ދިޔައިރު ފާހަގަވީ އެއަށްވުރެ ވަކި ކަންބޮޑުވުން ކުޑަ ނޫން މައްސަލައެކެވެ. އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ފަޅުތެރެއަށް ދޫކޮށްލާފައި ހުރި އޮޑިފަހަރެވެ. އެހެން އޮވެއޮވެ ބައެއް އުޅަނދުތައް ހަލާކުވެ، ފަޅުތެރެއަށް ވަނީ ފެތިފަ އެވެ.

ތިލަފުށީގެ ފަޅަށް ނުފަރިތަ މީހަކަށް އެއީ އެނގޭނެ ކަމެއް ނޫނެވެ. ފަޅުތެރެ ކިލަނބުކަމުން އެއްގޮތަކަށް ވެސް ލޮނުގަނޑުގެ އަޑި ނުފެނެ އެވެ.

"އެ އޮތީ ވެސް މުޅިން ފެތިފައި އޮތް އެއްޗެއް،" ފަޅުތެރެއިން ދަމުން ލޯންޗުގައި ހުރެ އެޗުޑީސީގެ ސީނިއަ ޕީއާރު އޮފިސަރު އަލީ މަޝާރު، އަތުގެ އިޝާރާތުން ދައްކާލެއްވި އެވެ.

ފެތިފައި ހުރި އޮޑިތައް އެކަންޏެއް ނޫނެވެ. ފަޅު މެދަށް ދޫކޮށްލާފައި ހުރި ބާޖުތަކެވެ. ދުވަސްވެގެން ގޮސް، އޭގައި މިހާރު ގަސް ހެދި، ކުދިކުދި 'ފްލޯޓިން އައިލެންޑްތަކަކަށް' ވަނީ ބަދަލުވެފަ އެވެ.

ކޮމެންޓް (1)

ހަސަންދީ

30 މާރިޗު 2023
އުޅަނދުގެ ވެރިފަރާތުން ތިކަމަށްދާ ޚަރަދު ހޯދަންޖެހޭނެ. ރައްޔިތުންގެ ފައިސާއިން ތިކަން ކޮށްގެން ނުވާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް