
އައްޑޫގައި 8،000 އެނދު 'ހޮޅި ވައުދަކަށް'
"ހަންކެޑެގައި 1،000 އަށްވުރެ ގިނަ ކޮޓަރިއާ އެކުގައި މުޅި މި އައްޑޫ ސިޓީއަށް 8،000 އެނދު އިތުރުކުރުމަށް އަޅުގަނޑުމެން ވީ ވައުދު އިރާދަކުރެއްވިއްޔާ ފުދެމުންދާތަން ތިޔަ ބޭފުޅުންނަށް ލަސްތަކެއް ނުވެ ފެނިގެންދާނެ."
މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިއީ މާ ކުރީގެ ވާހަކައެއް ނޫނެވެ. އެއީ 26 ޖެނުއަރީ 2023 އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހު ބޭއްވެވި ފަހު ކެމްޕޭން ޖަލްސާގަ އެވެ. ޖަލްސާ އޮތީ އައްޑޫ ހިތަދޫގަ އެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މީހުން ބެލި ޖަލްސާއެއް ނަމަވެސް، އެމަނިކުފާނުގެ އެ ވާހަކަފުޅު އަމާޒުކުރެއްވީ ސީދާ އައްޑޫ ރައްޔިތުންނަށެވެ. ތަކުރާރު ކުރެއްވީ 2018ގެ އިންތިހާބުގައި ވެވަޑައިގަތް، އެހެން ނަމަވެސް ނުފުއްދި އޮތް ވައުދެއްގެ ވާހަކައެކެވެ. ދެއްވީ އެ ވައުދު ފުއްދާނޭ ކަމުގެ ޔަގީންކަމެވެ.
-
އިތުރަށް ކިޔާލަން - އައްޑޫ 8،000 އެނދު 'ހޮޅި ވައުދަކަށް'؛ އާ އަދަދަކީ 6،000
ކޮމެންޓް