ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސް

ދެ ދުވަހުގެ މި ކޮންފަރެންސްގައި، ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކައުންސިލަށް ލަފާދިނުމަށް ގަރާރެއް ފާސްކުރި
26 ފެބްރުއަރީ 2023

މިހާރު ވެެރިކަން ކުރަމުން އަންނަ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލަށް ލަފާ ދިނުމަށް ޖޭޕީގެ ގައުމީ ކޮންފަރެންސް އިން ފާސްކޮށްފި އެވެ.

ޖޭޕީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވަކިން ނުވަތަ ކޯލިޝަނަކާ އެކު ވާދަކުރުމަށް އެ ޕާޓީގެ ގައުމީ ކޮންފަރެންސަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު ހުށަހެޅުއްވި ގަރާރަށް މިރޭ އޮތް ސެޝަންގައި ވަނީ ބަހުސްކޮށް، ވޯޓަށް އަހާފަ އެވެ.

އެ ގާރާރު ފާސްކޮށްފައި ވަނީ، ރިޔާސަތުގައި އިންނެވި އެ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވި ގޮތުގައި، ކޮންފަރެންސްގެ އިއްތިފާގުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް