
ޓިކްޓޮކް ތަރި ރިޗާޑް
ރާއްޖޭގެ ޓިކްޓޮކް ތަރިންގެ ތެރެއިން މި ވަގުތު އެންމެ ގަދަޔަށް ވިދަމުން އަންނަ އެކަކީ ދިވެއްސެއް ނޫނެވެ. ބްރެޒިލްގެ ރިޗާޑް ހޭސް އެވެ. ރިޗާޑް ވަނީ އޭނާގެ ސަކަ ވީޑިއޯތަކުން ދިވެހިން ހެއްވާލައިފަ އެވެ.
ދޮންހިޔަލަ އާއި އަލިފުޅުން ފެށިގެން އިންސްޓަގްރާމް މޮޑެލް ކައިޒީން އަދި ދިވެހިންގެ ޖީބުން ހުސްނުވާ ސުޕާރީ ޕެކެޓުގެ ވާހަކަތަކަށް ބިނާ ކޮށްގެން ރިޗާޑު ވަނީ ހެއްވާ މަޖާ ވީޑިއޯ އުފައްދާފަ އެވެ. ދިވެހިންގެ އާދަކާދަތައް އޭނާ ގެނެސްދެނީ ބިދޭސީއެއްގެ ނަޒަރުންނެވެ.
ރިޗާޑުގެ 10،000 އަށް ވުރެ ގިނަ ފޮލޮވަރުންނަށް އޭނާ ދިވެހި ބަހުން ވާހަކަ ދައްކާ ތަން ވެސް ފެނެ އެވެ. އެއިން ކޮންމެ ވީޑިއޯއަކަށް އެތައް ސަތޭކަ ބަޔަކު ލައިކުކޮށް ކޮމެންޓު ކުރެ އެވެ. އޭނާގެ ވީޑިއޯތައް މިހާ ބޮޑަށް ދިވެހިންގެ ތެރޭގައި މަގުބޫލުވާނެ ކަމަކަށް ރިޗާޑް އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ. ރިޗާޑު ވެސް އަޅުގަނޑުމެން ވެސް މި ތިބީ ހައިރާންވެފަ އެވެ.
-
އިތުރަށް ކިޔާލަން - ރިޗާޑް: ދިވެހިންނަށް ދިވެހިން ކިޔައިދީގެން ހެއްވާލި ޓިކްޓޮކް ތަރި