Majlis 2024
ފެޝަން

'ގަތާ ޓޭލްސް'ގެ ވާހަކަ

ނަދުހާ ބޭނުންވަނީ ރާއްޖޭގެ ކަސަބު އެޅުމުގެ މަސައްކަތްތެރިކަމުގެ ތާރީހާއި އޭގެ މުހިއްމު ސިފަތައް ދިރާސާކޮށް އެ މައުލޫމާތުތައް އެންމެންނަށް ގެނެސްދޭން
27 ސެޕްޓެމްބަރު 2022

ފާތިމަތު ނަދުހާ އަބްދުލް މުހުސިން (ނަދޫ) މަސައްކަތް ކުރަނީ ސިއްހީ ދާއިރާގައި ރޭޑިއޯގްރަފައެއްގެ ގޮތުގަ އެވެ. އޭނާ އޭޑީކޭ ހޮސްޕިޓަލުގެ ވަޒީފާއިން ކެނޑިގެން ގޭގައި މަޑުކޮށްލި ދުވަސްކޮޅެއްގައި ބޮޑުދައިތަ އަދި ކުރީގެ ފެހުންތެރިއެއް ކަމަށްވާ މަރިޔަމް މަސްރޫރާއަށް ލިބާހެއް ތައްޔާރުކުރަން ފުރުސަތު ލިބުމުން، އޭގައި ކަސަބު އަޅަން ނަދުހާއާ ހަވާލު ކުރި އެވެ.

"އޭރު އަސްލު ނޭނގޭ ކަސަބު އަޅާކަށް ވެސް. ދެން ގޫގުލް ސާޗު ކޮށްގެން އެކި އިމޭޖަޒް ބަލައިގެން އެޅީ،" ނަދުހާ ކިޔައިދިނެވެ. "ދެން ބައްޕައަށް ދެއްކީމަ ބުނީ ކަސަބު އަޅާފައި ތި އޮތީ ނުބައިކޮށޭ. އެހިސާބުން ވިސްނުނީ މީގައި ވަކި ޕެޓާންއެއް ގެންގުޅެންޖެހޭކަން. ދެން ކިއުރިއަސް ވެގެން ހޯދަން ފެށީ. އެގޮތަށް، މި މަސައްކަތުގެ ތެރެއަށް ވަދެވުނީ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް