Round 2

avatar

Solih

MDP

avatar

Muizzu

PPM - PNC

108,735

46.22%

126,499

53.78%

Updated Time: 8:23 AM

Voted 242,690

Eligible 282,804

Turnout 85.82%

Invalid 7,456

586

Counted Boxes

0

Remaining Boxes

އިޝްތިހާރު

އެންވިޑިއާ

ގޫގުލްގެ ޕާޓްނާޝިޕްއާ އެކު އެންވިޑިއާގެ ހިއްސާގެ އަގު ރެކޯޑު މިންވަރަކަށް މައްޗަށް

އެންވިޑިއާ ކުންފުނީގެ ހިއްސާގެ އަގު މި އަހަރުގެ މިހާތަނަށް ވަނީ %234 އިތުރުވެފައި

ގޫގުލްއާ އެކު ޕާޓްނާޝިޕެއް ހެދިކަން، ޗިޕު އުފައްދާ އެންވިޑިއާއިން އަންގާރަ ދުވަހު އިއުލާނު ކުރުމާ އެކު އެ ކުންފުނީގެ ހިއްސާގެ އަގު %4.2 މައްޗަށް ޖެހިލައިފި އެވެ. 

މި އަހަރުގެ މިހާތަނަށް އެންވިޑިއާ ކުންފުނީގެ ހިއްސާގެ އަގު ވަނީ %234 މައްޗަށް ގޮސްފަ އެވެ. މިއީ އެސްއެންޑްޕީ 500 ހިއްސާގެ އިންޑެކްސްގައި މި އަހަރު އެންމެ ބޮޑަށް ހިއްސާގެ އަގު މައްޗަށް ގޮސްފައިވާ ކުންފުންޏެވެ. މި އިންޑެކްސްގައި %148އާ އެކު ދެވަނައިގައި އުޅެނީ ސޯޝަލް މީޑިއާ ކުންފުނި މެޓަ އެވެ. 

އެންވިޑިއާގެ ހިއްސާއެއްގެ އަގު ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައި މިވަނީ މިދިޔަ ކުއާޓަރުގައި ކުންފުންޏަށް ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ދެގުނަ މައްޗަށް ގޮސްފައިވާކަން އެ ކުންފުނިން ހާމަކުރިތާ ހަފްތާއެއް ވެސް ނުވަނީހެވެ. އަދި މިހާރު ހިނގަމުންދާ ކުއާޓަރުގެ އާމްދަނީ ވެސް %170 މައްޗަށް ދާނެ ކަމަށް އެންވިޑިއާ އިން ވަނީ އަންދާޒާކޮށްފަ އެވެ.

ގޫގުލްއާ އެކު އާޓިފިޝަލް އިންޓެލިޖެންސް އެއްބަސްވުމެއް ހަދާފައިވާ ކަމަށް އެންވިޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ވިދާޅުވީ ގޫގުލްގެ ކޮންފަރެންސެއެއްގައި ހުންނަވަ އެވެ. މި ޕާޓްނާޝިޕްގެ ދަށުން އެންވިޑިއާގެ ބާރުގަދަ އެޗް100 ޖީޕީޔޫތައް ބޭނުންކޮށް ގޫގުލްގެ ކްލައުޑް ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެންވިޑިއާގެ ހިއްސާގެ އަގާ ގުޅޭ (ވީޑިއޯ/ޔާހޫ ފައިނޭންސް)

"ގޫގުލް ކްލައުޑްއާ އެކު އަހަރެމެން ކުރަމުން އަންނަ މަސައްކަތްތައް ފުޅާކޮށްގެން ޑިވެލޮޕަރުންނަށް އިންފްރާސްޓްރަކްޗާ، ސޮފްޓްވެއާ އަދި އެހެނިހެން ހިދުމަތްތައް ހަލުވިކޮށްދީ، އަގުހެޔޮކޮށްދީ، ބިނާކުރަނިވި ގޮތަކަށް ފޯރުކޮށްދެވިގެންދާނެ،" ބްލޮގް ޕޯސްޓެއްގައި ހުއާންގް ވިދާޅުވެފައިވެ އެވެ.

ގޫގުލްގެ އިތުރުން އެންވިޑިއާގެ ޗިޕު ކްލައުޑް ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ބޮޑެތި އެހެން ކުންފުނިތަކުގެ ތެރޭގައި އެމެޒޯން އާއި މައިކްރޮސޮފްޓް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް