Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ޖައްވަށް ދިޔުމުގެ ކުރިން ތިން ފަޅުވެރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވަނީ.

ޗައިނާއިން ފުރަތަމަ ފަހަރަށް އާންމު މީހަކު ޖައްވަށް ފޮނުވަނީ

ިމިހާތަނަށް ޗައިނާގެ ޖައްވީ މިޝަންތަކުގައި ބައިވެރިވެފައި ވަނީ އަސްކަރިއްޔާގެ މެމްބަރުން އެކަނި

އާންމުންގެ ތެރެއިން މީހަކު ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށް ޗައިނާގެ އޮފިޝަލުން އިއްޔެ ހާމަކުރައްވައިފި އެވެ. 

ޗައިނާގެ ޖައްވީ ސްޓޭޝަން ޓިއަންގޮންގްއަށް މާދަމާ ނައްޓާލަން ހަމަޖެހިފައިވާ ގުއީ ހައިޗާއޯ އަދާކުރާނީ ޕޭލޯޑް އެކްސްޕާޓެއްގެ ރޯލެވެ.

އޭނާއާ އެކު އިތުރު ދެ ފަޅުވެރިއަކު މާދަމާ ނައްޓާލުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ހުޅަނގު އުތުރުގައިވާ ޖީކުއާން ސެޓެލައިޓު ލޯންޗު ސެންޓަރުން ކަމަށް ޗައިނާ މޭންޑް ސްޕޭސް އެޖެންސީން ބުނެފައިވެ އެވެ.

ޗައިނާ އިން މިހާތަނަށް ޖައްވަށް ފޮނުވާފައި ވަނީ ހަމައެކަނި އެ ގައުމުގެ އަސްކަރިއްޔާގެ މެމްބަރުންނެވެ. 

ޗައިނާގެ ޖައްވާ ބެހޭ އެޖެންސީގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ބެއިޖިން ޔުނިވާސިޓީ އޮފް އެރޮނޮޓިކްސް އެންޑް އެސްޓްރޮނޮޓިކްސްގައި ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ގުއީގެ "މައިގަނޑު ޒިންމާއަކަށް ވާނީ ސްޕޭސް ސައިންސް އެކްސްޕެރިމެންޓަލް ޕޭލޯޑްސް އޯބިޓުގައި އޮޕަރޭޓު ކުރުމެވެ."

މާދަމާގެ ދަތުރުގައި ކޮމާންޑަރުކަން ކުރުމަށް ހަމަޖައްސާފައި ވަނީ ޖިންގް ހައިޕެންގް އެވެ. މިއީ އޭނާ ޖައްވަށްދާ ހަތަރު ވަނަ ފަހަރެވެ. ގުއީ އާއި ޖިންގްގެ އިތުރުން ދެން މިދަތުރުގައި ބައިވެރި ވަނީ ޒޫ ޔަންގްޒޫ ކަމަށް ޗައިނާ ސަރުކާރުގެ މީޑިއާއިން ބުނެފައިވެ އެވެ.

އަންނަ 2030 ވަނަ އަހަރުގެ ކުރިން އެސްޓްރޮނޯޓުން ހަނދަށް ފޮނުވުމަށް އަމާޒު ހިފާފައިވާ ޗައިނާ އިން ވަނީ އެ ގައުމުގެ އަސްކަރިއްޔާ އިން ހިންގަމުން އަންނަ ޖައްވީ ޕްރޮގްރާމަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓުކޮށްފަ އެވެ. ޗައިނާ އިން ޖައްވުގައި ރޭވި ޖައްވީ ސްޓޭޝަނުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ އަހަރު އެވެ. 

މި ސްޓޭޝަންގައި "ދުނިޔޭގެ އެންމެ ފުރަތަމަ ޖައްވީ ކޯލްޑް އެޓޮމިކް ކްލޮކް ނިޒާމު" ހިމެނޭ ގޮތަށް، ސައިންސާ ގުޅޭ އެންމެ ކުރިއަރާފައިވާ އާލާތްތަކާއި ސާމާނު ހިމަނާފައިވާ ކަމަށް ޗައިނާ ސަރުކާރުގެ ޝިންހުއާ ނޫސް އެޖެންސީން ވަނީ ރިޕޯޓުކޮށްފަ އެވެ.

ޗައިނާ އިން މާދަމާ ލޯންޗުކުރާ މިޝަންއާ ގުޅޭ (ވީޑިއޯ/ސީސީޓީވީ ވީޑިއޯ ނިއުސް އެޖެންސީ)

ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނާ ހިލާފަށް ޓިއަންގޮންގް ޖައްވީ ސްޓޭޝަން ޗައިނާ އިން ބޭނުންކުރުމަށް ވިސްނާފައި ވަނީ އެހެން ގައުމަކާ ނުގުޅި، އެ ގައުމުން އެކަންޏެވެ. ނަމަވެސް، އެހެން ގައުމުތަކާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ހުޅުވިފައިވާ ކަމަށް ބެއިޖިން އިން ވަނީ ބުނެފަ އެވެ. 

އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ޗައިނާއާ އެކު އެއްވެސް ގުޅުމެއް ނުބޭއްވުމަށް 2011 ވަނަ އަހަރު ވޮޝިންޓަނުން ނިންމުމާ ގުޅިގެން ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން ބޭނުން ކުރުމުން ޗައިނާ އޮންނަނީ އެކަހެރިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް