Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ޓުވިޓާގެ ވެރިޔާ އީލޮން މަސްކު.

ދޮގު މައުލޫމާތާ ދެކޮޅު އީޔޫގެ މުއާހަދާއިން ޓުވިޓާ ވަކިވެއްޖެ

އޮގަސްޓު މަހުން ފެށިގެން ކުންފުނިތަކުން އީޔޫގައި ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރަން މަޖުބޫރު ވާނެ

ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެކުލަވާލާފައިވާ މުއާހަދާ އިން ޓުވިޓާ އަމިއްލައަށް ވަކިވެފައިވާ ކަމަށް އީޔޫއިން އިއްޔެ ހާމަކޮށްފި އެވެ. 

ޓުވިޓާ އިން މި މުއާހަދާ އިން ވަކިވެފައިވާކަން ޓުވީޓެއް މެދުވެރިކޮށް ހާމަކުރެއްވީ އީޔޫގެ އިންޓާނަލް މާކެޓް ކޮމިޝަނަރު ތިއެރީ ބްރެޓަން އެވެ.

އެ މުއާހަދާ އިން ވަކިވި ނަމަވެސް، އީޔޫގައި އަލަށް އަމަލުކުރަން ފަށާ ގާނޫނުތަކަށް އަމަލުކުރަން ޓުވިޓާއަށް މަޖުބޫރުވާނެ ކަމަށް ބްރެޓަން ވަނީ އިންޒާރު ދެއްވާފަ އެވެ.

"ވާޖިބުތައް އެބައޮތް. ދުވެވިދާނެ، އެކަމަކު ނުއެއް ފިލޭނެ،" އޭނާ ވިދާޅުވި އެވެ.

އަންނަ 25 އޮގަސްޓުގައި އީޔޫގައި އަމަލުކުރަން ފަށާ، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމާ ބެހޭ ގާނޫނަށް ޓުވިޓާ އިން ބޯލެނބުމަށް މަޖުބޫރު ވާއިރު، "އަހަރެމެންގެ ޓީމުތައް އޮތީ [މި ގާނޫނު] ތަންފީޒު ކުރަން ތައްޔާރަށް" ކަމަށް ބްރެޓަން ވިދާޅުވި އެވެ.

އީޔޫގެ މި މުއާހަދާ އިން ވަކިވުމާ ގުޅޭ ގޮތުން ޓުވިޓާ އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. ޓެކްނޮލޮޖީ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ވަރުގެ ކުންފުނިތަކާއި ހިދުމަތްތަކުން ވަނީ އެ މުއާހަދާގައި ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި، ފޭސްބުކް އާއި އިންޓަގްރާމް ހިންގާ މެޓަ އާއި ޓިކްޓޮކާއި ގޫގުލް އާއި މައިކްރޮސޮފްޓް އަދި ޓްވިޗް ހިމެނެ އެވެ.

މިދިޔަ އަހަރު އަމަލުކުރަން ފެށި މި މުއާހަދާ ނުވަތަ ކޯޑުގެ ބޭނުމަކީ ދޮގު މައުލޫމާތާއި ހަބަރުތައް ފަތުރައިގެން ފައިދާ ހޯދުން ހުއްޓުވުމެވެ. އަދި މިފަދަ ކަންކަން ކުރާ ބޮޓުތަކާއި ފޭކް އެކައުންޓުތައް ހުއްޓުވާ ޓްރާންޕޭރަންސީ ވަރުގަދަކުރުމަކީ ވެސް އެ މުއާހަދާގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި މުއާހަދާގައި ބައިވެރިވާ ކުންފުނިތަކުން ދޮގު މައުލޫމާތާ ދެކޮޅަށް އަމަލުކުރާނެ ވަކި ގޮތްތަކެއް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބިފައިވެ އެވެ. މީގެ ތެރޭގައި، ސިޔާސީ އިޝްތިހާރުތަކަށް ސަމާލުވުން ނުވަތަ މައުލޫމާތު ކަށަވަރުކުރާ ޓީމުތަކާ އެކު މަސައްކަތް ކުރުން ހިމެނެ އެވެ.

މިދިޔަ އަހަރު އީލޮން މަސްކު ޓުވިޓާ ކުންފުނި ބައްލަވައިގެންނެވި ފަހުން އެ ކުުންފުނިން ދޮގު މައުލޫމާތު ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތް ވަނީ ވަރަށް ބޮޑުތަން ދަަށަށް ގޮސްފަ އެވެ. މިއާ އެކު، ޓުވިޓާ މެދުވެރިކޮށް ނުރަނގަޅު މައުލޫމާތު ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

މިދިޔަ މަހު ބީބީސީން ވަނީ، ޗައިނާ އާއި ރަޝިޔާގެ ޕްރޮޕަގަންޑާ ފަތުރާ ގިނަ އެކައުންޓުތަކެއް ޓުވިޓާގައި ހަރަކާތްތެރިވަމުން ދާކަން ހާމަކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް