Majlis 2024

ގޫގުލް ބާޑް.

ޗެޓްޖީޕީޓީއާ ވާދަކުރުމަށް ގޫގުލް އިން ހެދި ހިދުމަތް އާންމުންނަށް ހުޅުވާލަނީ

ޓެކްނޮލޮޖީ ސިނާއަތުން އޭއައި ދާއިރާއަށް ދެމުން އައި ސަމާލުކަން ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ދާއިރާއިން ޗެޓްޖީޕީޓީއާ ވާދަކުރުމަށް ގޫގުލް އިން ހަދާފައިވާ ބާޑް ހިދުމަތް އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލަން ގޫގުލް އިން ނިންމައިފި އެވެ.

އެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ލިސްޓެއްގައި ނަން ނޯޓުކުރުމަށް ގޫގުލް އިން އިއްޔެ ވަނީ ހުޅުވާލާފަ އެވެ. ލިޔެކިޔުންތައް ހެދުމަށް އެހީތެރިވެދީ، ޕާޓީތައް ރޭވުމަށާއި އަދި ގޭގައި ހުރި އެއްޗެހިން ހަދާލެވޭނެ ނާސްތާތައް ބުނެލަދިނުން ފަދަ ތަފާތު އެކި ކަންކަމަށް މި ހިދުމަތް ބޭނުން ކުރެވިދާނެ އެވެ. 

މި ހިދުމަތް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވިގެން ދާނީ ގޫގުލްގެ ސާޗްއާ މުޅިން ވަކި ހިދުމަތެއްގޮތުގައި ކަމަށް ގޫގުލްގެ ތަރުޖަމާނެއް ވަނީ ސީއެންއެން ނޫހަށް މައުލޫމާތު ދެއްވާފަ އެވެ. އަދި މި ހިދުމަތަށް ވިސްނުންތެރިކަމާ އެކު ބަސްތައް (ލެންގުއޭގްތައް) އިތުރު ކުރަމުން ދާނޭކަމަށް ގޫގުލް އިން ނެރެފައިވާ ބްލޮގް ޕޯސްޓެއްގައި ބުނެފައިވެ އެވެ.  

މި ހިދުމަތް ފުރަތަމަ ހުޅުވާލުމަށް ގޫގުލް އިން ނިންމާފައި ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ކަސްޓަމަރުންނަ ށެވެ. އަދި މުސްތަގުބަލުގައި އިތުރު ގައުމުތަކަށް ހުޅުވާލާ އިތުރު ބަސްްތައް ހިމަނާނޭ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ގޫގުލް އިން ބާޑް ހިދުމަތް އާންމުންނަށް ހުޅުވާލުމާ ގުޅޭ (ވީޑިއޯ/ވިއޯން)

ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގްބޫލުވެފައިވާ ޗެޓްޖީޕީޓީ ހިދުމަތާ ގުޅިގެން ގޫގުލް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ވަނީ އޭއައި ދާއިރާއަށް ދެމުން އައި ސަމާލުކަން އިންތިހާ ވަރުގަދަކޮށް ޗެޓްޖީޕީޓީއާ ވާދަކުރުމުގެ މަސައްކަތްތައް ހަލުވިކޮށްފަ އެވެ. ގޫގުލް އިން ފޯރުކޮށްދޭ ޖީމެއިލް، ޝީޓްސް އަދި ޑޮކްގެ ހިދުމަތުގައި އޭއައި ހިދުމަތްތައް ހިމަނާނޭ ކަމަށް މިދިޔަ ހަފްތާގައި އެކުންފުނިން ވަނީ އިއުލާނުކޮށްފަ އެވެ. 

މި އިއުލާނާ އެކު ލަސްތަކެއް ނުވެ މައިކްރޮސޮފްޓުން ވެސް ވަނީ އެކުންފުނީގެ ސޮފްޓްވެއާތަކުގައި ޗެޓްޖީޕީޓީގެ އޭއައި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އިއުލާނު ކޮށްފަ އެވެ. މައިކްރޮސޮފްޓަކީ ޗެޓްޖީޕީޓީ އީޖާދު ކުރި ކުންފުންޏަށް އިންވެސްޓުކޮށްފައިވާ ބައިވެރި އެކެވެ.

ގޫގުލް އިން ބާޑް ހިދުމަތް ޑެމޯއެއްގައި ދައްކާލާފައި ވަނީ މިދިޔަ މަހު އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް