އެމެޒޯންގެ އިދާރާ މައި އޮފީސްގެ ލޮބީ.

އެމެޒޯން އިން 9،000 މުވައްޒަފުން މަދުކުރަނީ

އެމެޒޯން އިން ވަނީ ހުސްވި ނޮވެމްބަރު މަހު ވެސް 18،000 މުވައްޒަފުން މަދުކޮށްފައި

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭ އިތުރު 9،000 މުވައްޒަފުން މަދުކުރުމަށް ނިންމާފައިވާ ކަމަށް އެމެޒޯންގެ ސީއީއޯ އެންޑީ ޖެސީ މުއްވަޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވިދާޅުވެއްޖެ އެވެ.

މިއީ ހުސްވި ނޮވެމްބަރު މަހު އެމެޒޯން އިން މަދުކުރުމަށް އިއުލާނު ކުރި 18،000 މުވައްޒަފުންގެ އިތުރުން މިފަހަރު މަދުކުރުމަށް ނިންމާފައިވާ އަދަދެކެވެ. ހުސްވި ނޮވެމްބަރު މަހު މުވައްޒަފުން މަދުކުރެވިފައި ވަނީ އެމެޒޯންގެ ރީޓެއިލް، ޑިވައިސަސް، އާ މުވައްޒަފުން ނެގުމާއި ހިއުމަން ރިސޯސަސް ޑިވިޝަންތަކުން ނެވެ.

އެމެޒޯން އިން މިފިޔަވަޅު އަޅަން ނިންމާފައި ވަނީ "ކައިރި މުސްތަގުބަލުގައި އޮތް ގޮތް ނޭނގޭ ގޮންޖެހުތަކާ އެކު" ހަރަދުތައް މަދުކުރުމަށް ކަމަށް ޖެސީ ވަނީ ވިދާޅުވެފަ އެވެ.

އަދި މިފަހަރު މުވައްޒަފުން މަދުކުރެވޭނީ ކްލައުޑް ކޮމްޕިއުޓިންގް، ހިއުމަން ރީސޯސަސް، އިސްތިހާރުކުރުން އަދި ޓުވިޗް ލައިވްސްޓްރީމިންގް ވިޔަފާރިން ކަމަށް ޖެސީ ވަނީ މެމޯގައި ފާހަގަ ކުރައްވާފަ އެވެ.

ކޮވިޑު ޕެންޑެމިކުގައި ގިނަ އަދަދަކަށް އާ މުވައްޒަފުން ވަޒީފާއަށް ވެއްދުމަށް މިއީ އެމެޒޯން އިން ކުންފުނީގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދަކަށް މުވައްޒަފުން މަދުކުރަމުން ގެންދާ ދަނޑިވަޅެވެ. މީގެ ތިން ވަރަކަށް އަހަރުކުރިން 2019 ވަނަ އަހަރު ނިމުނު އިރު އެމެޒޯންގެ މުވައްޒަފުންގެ އަދަދު ހުރީ 798،00 ގަ އެވެ. އަދި މިއަދަދު 2021 ވަނަ އަހަރު ނިމުނު އިރު ވަނީ 1.6 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.

އެމެޒޯން އިން 9،000 މުވައްޒަފުން މަދުކުރުމާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

ދުނިޔޭގެ އިގްތިސާދީ ކުރިއެރުން މަޑުޖެހި ބޮޑެތި ގިނަ އިގްތިސާދުތަކެއް ހީނަރުކަމާ ދިމާލަށް ދަތުރުކުރަމުން އަންނަ އިރު ޓެކްނޮލޮޖީ ސިނާއަތުގައި އޮޕަރޭޓު ކުރަމުން އަންނަ ގިނަ ބޮޑެތި ކުންފުނިތަކަކުން އަންނަނީ ގިނަ އަދަދަކަށް މުވައްޒަފުން މަދުކުރަމުން ނެވެ. 

އެމެޒޯން އިން މުވައްޒަފުން މަދުކުރި ނަމަވެސް އެެމެޒޯން ވެބް ސާވިސަސް އާއި ރީޓެއިލް ފަދަ ކުންފުނީގެ އެންމެ "ބޮޑެތި ވިޔަފާރިތައް" ރަނގަޅުވާނެ ކަމުގެ އުއްމީދު އޮތް ކަމަށް ޖެސީ ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް