ޗެޓްޖީޕީޓީގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު މައިކްރޮސޮފްޓާއި ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުން (ފޮޓޯ/ގެޓީ އިމޭޖެސް)

ޗެޓްޖީޕީޓީއާ އެކު ވަރުގަދަ އަލްފަބެޓް ހާސްކަމުގެ ތެރެއަށް

އާޓިފިޝަލް އިންޓެލިޖެންސް އާ އެކު ގޫގުލްގެ ސާޗް ހިދުމަތައް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ވަނީ ބެލެވިފައި

ފާއިތުވެ ދިޔަ ދެތިން މަހެއް ތެރޭ ވަރަށް ބޮޑަށް މަގުބޫލުކަން ހޯދާފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއާއި)ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޗެޓްޖީޕީޓީ ހިދުމަތާ އެކު ގޫގުލް ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެ އެވެ.

އިންޓަނެޓުން ބޭނުން ކޮންމެ މައުލޫމާތެއް ހޯދުމަށް ގާތްގަނޑަކަށް ހެން ދުނިޔޭގެ ހުރިހާ އެންމެން ބޭނުން ކުރަމުން އަންނަ ގޫގުލް އަށް މުސްތަގުބަލުގައި ބޮޑު ގޮންޖެހުމަށް ކުރިމަތި ކުރުވާނެ ކަމަށް ބެލެވިފައިވާ ޗެޓްޖީޕީޓި ހިދުމަތް އުފައްދާ ހިންގަމުން އަންނަ އޯޕެންއޭއައި ކުންފުންޏަށް މައިކްރޮސޮފްޓުން ވަނީ ޖަނަވަރީ މަހުގެ ފަހުކޮޅު މަލްޓިބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފަ އެވެ.

މައިކްރޮސޮފްޓުން ވަނީ އޯޕެންއޭއައި ކުންފުނި އުފެދިގެން އައި އިރު ވެސް އެކުންފުންޏަށް އިންވެސްޓްމަންޓުތަކެއް ކޮށްފަ އެވެ. އަދި މިހާރު އޭއައި ޓެކްނޮލޮޖީ މައިކްރޮސޮފްޓުން ދެމުން އަންނަ ގިނަ ހިދުމަތްތަކުގައި އެކުލަވާލުމަށް މައިކްރޮސޮފްޓުން ވަނީ ނިންމާފަ އެވެ. 

މިއާ އެކު އަލްފަބެޓް ކުންފުންޏަށް ކޮންމެ އަހަރަކު އިސްތިހާތަކުން ބިލިއަނުން އާމްދަނީ ވައްދަމުން އަންނަ ގޫގުލް ހިދުމަތުގެ މުސްތަގުބަލު ރައްކާތެރިކުރުމަށް ޓަކައި އަލްފަބެޓުން ވަނީ މިހަފްތާގައި ޗެޓްޖީޕީޓީއާ ވާދަކުރުމަސް ބާޑް ކިޔާ ހިދުމަތެއް ތައާރަފު ކުރާނެކަން އިއުލާނު ކޮށްފަ އެވެ.

އަދި އިއްޔެ އަލްފަބެޓްގެ ސީއީއޯ ސުންދަރް ޕިޗާއީ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ބާޑް ޓެސްޓު ކުރުމަށް ހުރިހާ މުވައްޒަފުންނަށް ކުރެވުނު ކަމެއް ކުރުމަށް ވަނީ އިރުޝާދު ދެއްވާފަ އެވެ. އަދި އެޕްލިކޭޝަން ޕްރޮގްރާމިންގް އިންޓަފޭސް އެއް ޓެސްޓުކުރުމަށް [މި ހިދުމަތް ފުޅާކުރުމަށް] ގޫގުލްގެ ޕާޓްނަރުންގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް ވެސް ފާހަގަ ކުރައްވާފައިވެ އެވެ.

އޭއައިގެ މައްޗަށް ބިނާކޮށްފައިވާ ބާޑް ހިދުމަތް ގޫގުލް އިން ނެރެން ފަށާނީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގަ އެވެ. ޗެޓްޖީޕީޓީއާ ވާދަކުރުމަށް އިންވެސްޓަރުންނާއި މުވައްޒަފުން ވަނީ ފާއިތުވެ ދިޔަ މަސްތަކުގައި ގޫގުލް އަށް ވަރަށް ބޮޑަށް ޕްރެޝަރުކޮށްފަ އެވެ.

"އަހަރުމެން އުއްމީދުކުރަން މުވައްޒަފުންގެ ހުރިހާ ހިޔާލުތަކެއް ލިބޭނެކަމަށް - ހެކަތަން އެއްގެ ވިސްނުމުގެ ތެރެއިން - އިތުރު ތަފްސީލުތައް ކުރިއަށް އޮތީ،" ޕިޗާއީގެ މެމޯގައިވެ އެވެ.

ޗެޓްޖީޕީޓީ ނުވަތަ އޭއައި އާ އެކު ކިޔަވާދޭ މުދައްރިސުންނަށް އޮތް ކަންބޮޑުވުންތައް (ވީޑިއޯ/ ޓުޑޭ)

އޭއައި ސިނާއަތުގައި ކުއްލިއަކަށް ވަރުގަދަވެފައިވާ ވާދަވެރިކަމަށް ރައްދު ދިނުމުގެ ގޮތުން އަލްފަބެޓް އިން އޭއައި ޕްރޮޖެކްޓުތަކަށް މުވައްޒަފުން ހަމަޖައްސާފައިވާ ކަމަށާއި މީގެ ތެރޭގައި "އެޕްރެންޓިސް ބާޑް" ކިޔާ ޗެޓުބޮޓެއްގެ މަސައްކަތާއި ސާޗްގެ ހިދުމަތްތައް ވަރުގަދަ ކުރުން ވެސް ހިމެނޭ ކަމަށް ސީއެންބީސީ ނޫހުން މިދިޔަ ހަފްތާގައި ވަނީ ރިޕޯޓުކޮށްފަ އެވެ. މިދެ ޕްރޮޖެކްޓުގެ މަސައްކަތް ވެސް އަލްފަބެޓުން ވަނީ ހޯމަ ދުވަހު ޔަގީން ކޮށްދީފަ އެވެ.

މައިކްރޮސޮފްޓްގެ ސާޗް އިންޖީން ބިންގް ހިދުމަތުގައި އޭއައި ބޭނުން ކުރެވޭ ގޮތް ހެދުމަށް އެކުންފުނިން ވިސްނަމުންދާ ކަމަށް ބައެއް މީޑީއާތަކުން މިހާރު އަންނަނީ ރިޕޯޓު ކުރަމުން ނެވެ.

ޗެޓްޖީޕީޓީއާ އެކު ގިނަ ސިނާއަތްތަކަކަށް ވަނީ ކަންބޮޑުވުން ކުރިމަތިވެފަ އެވެ. މިފަދަ ހިދުމަތެއް ބޭނުންކޮށް ސުވާލެއް ކުރުމުން ނުވަތަ މިސާލަކަށް ފޮޓޯއެއް ކުރަހާލުމަށް ބުނުމުން އިންޓަނެޓުގައިވާ އިންތިހާ ގިނަ މައުލޫމާތުތަކެއް ބޭނުންކޮށް އެ ހިދުމަތުން ނެެރޭ ނަތީޖާ އޮރިޖިނަލް ވެފައި، ފުރިހަމަވެފައި އަވަހެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް