(ފޮޓޯ/ގެޓީ އިމޭޖެސް)

ގޫގުލްގެ ވެރި އަލްފަބެޓް ކުންފުނިން ވެސް 12،000 ވަޒީފާ މަދުކުރަނީ

އެމެރިކާގެ ޓެކްނޮލޮޖީ ސިނާއަތުގައި މަސައްކަތް ކުރާ 194،000 މީހެއްގެ ވަޒީފާ ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ގެއްލިފައި

ޓެކްނޮލޮޖީ ސިނާއަތުގެ ވަރުގަދަ ކުންފުނިތަކުގެ ތެރެއިން ވަޒީފާތައް މަދުކުރުމަށް ނިންމި އެންމެ ފަހުގެ ކުންފުންޏަކަށް އަލްފަބެޓް ވެއްޖެ އެވެ.

ގޫގުލްގެ ވެރި އަލްފަބެޓް ކުންފުނީގެ ސީއީއޯ ސުންދަރް ޕިޗާއި މުވައްޒަފުންނަށް ފޮނުއްވި އީމެއިލްއެއްގައި ވިދާޅުވީ މިކަމުގެ "ޒިންމާ ފުރިހަމައަށް" ނަންގަވާ ކަމަށެވެ.

މި ނިންމުމާ އެކު، އަލަށް މުވައްޒަފުން ވެއްދުމާ ބެހޭ ޓީމުތަކަށާއި އިންޖިނިއަރިން ފަދަ ޓީމުތައް ހިމެނޭ ގޮތަށް މުޅި އަލްފަބެޓް ކުންފުނީގެ %6 މުވައްޒަފުންނަށް އަސަރު ކުރާނެ އެވެ.

އަލްފަބެޓްއިން 12،000 މުވައްޒަފުން މަދުކުރުމުގެ ނިންމުން އައިސްފައި މި ވަނީ މައިކްރޮސޮފްޓުން 10،000 މުވައްޒަފުން ވަކިކުރާނެކަން އިއުލާނުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އަދި އެމެޒޯން އިން 18،000 މުވައްޒަފުން ވަކިކުރަން ނިންްމާފައިވާ ކަމަށް އިއުލާނުކުރިތާ މަދު ހަފްތާތަކެއް ތެރޭގަ އެވެ.

ޕިޗާއީގެ އީމެއިލްގައި، މުވައްޒަފުން "ވަރަށް ބުރަކޮށް މަސައްކަތް ކުރީތީ" ޝުކުރު އަދާކުރައްވާ، އެމީހުން ކުރި "މަސައްކަތްތައް ގުނާ އަގުނުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"މި މުއާމަލާތް ފަސޭހަ ނުވާނެ އިރު، މުވައްޒަފުންނަށް އެހެން ފުރުސަތުތައް ހޯދާ ދިނުމަށް އަހަރެމެން އެހީތެރިވެދޭނަން،" ޕިޗާއީ ލިޔުއްވާފައިވެ އެވެ.

އަލްފަބެޓްގެ ނިންމުމާ ގުޅިގެން އަސަރު ކުރާ އެމެރިކާގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންނަށް 16 މަސްދުވަހުގެ މުސާރަ އާއި 2022 ވަނަ އަހަރުގެ ބޯނަސް އާއި ޗުއްޓީގެ ބަދަލުގައި ދޭ މުސާރަ އާއި ހަ މަސް ދުވަހުގެ ސިއްހީ ކަވަރޭޖު ބަދަލެއްގެ ގޮތުގައި ފޯރުކޮށްދޭނެކަން ޕިޗާއި ހާމަކުރެއްވި އެވެ.

އޭނާ ވިދާޅުވީ "އެންމެ އުނދަގޫ ދުވަސްތަކުގައި ވެސް އަހަރެމެންގެ އަމާޒު ހާސިލްކުރެވޭނެކަމާ މެދު އުއްމީދީ" ނަޒަރަކުން ދެކެވަޑައިގަންނަވާ ކަމަށެވެ.

އަލްފަބެޓް އިން 12،000 މުވައްޒަފުން މަދުކުރުމަށް ނިންމުމާ ގުޅޭ (ވީޑިއޯ/ވިއޯން)

ޓެކްނޮލޮޖީ ސިނާއަތުގެ ވަޒީފާތައް ގެއްލޭ މިންވަރު ދައްކުވައިދޭ ވެބްސައިޓު ލޭއޯފްސް.އެފްވައިއައިގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ފެށުނު ފަހުން، އެމެރިކާގެ މި ސިނާއަތުގައި މަސައްކަތް ކުރާ 194،000 މީހެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަލްފަބެޓުން ވަކިކުރާނެ މުވައްޒަފުން މީގެ ތެރޭގައި ނުހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް