Majlis 2024

ބުންޑަސްލީގާގައި ރޭ އެފްސީ ޔޫނިއަން ބާލިން ކޮޅަށް ރޮބަޓް ލެވަންޑޮވްސްކީ ލަނޑު ޖެހުމުން ކުޅުންތެރިން އޭނާއަށް މަރުހަބާ ކިޔަނީ: ޕޮލެންޑްގެ ފޯވަޑް ވަނީ މި ފަހަރުގެ ސީޒަންގައި ވެސް 30 ލަނޑު ހަމަކޮށްފައި

ލެވަންޑޮވްސްކީ 30 ލަނޑު ހަމަކޮށްފި، މިއީ ފަސް ވަނަ ސީޒަން

ޕޮލެންޑްގެ ފޯވަޑްގެ މި ލަނޑުގެ ރެކޯޑާ އެކު އޭނާ ވަނީ ގާޓް މުލާއާ އެއްވަރުކޮށްފައި
20 މާރިޗު 2022

ޖަރުމަނުގެ ބަޔާން މިޔުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ މި ސީޒަންގެ 30 ވަނަ ލަނޑު، ރޭ އެފްސީ ޔޫނިއަން ބާލިން ކޮޅަށް ޖެހި ދެ ލަނޑާ އެކު ހަމަކޮށްފި އެވެ. މިއީ ބުންޑަސްލީގާގައި 30 ނުވަތަ އެއަށް ވުރެ ގިނައިން އޭނާ ލަނޑު ޖެހި ފަސް ވަނަ ސީޒަން އެވެ.

ރޭ ޔޫނިއަން ބާލިން އަތުން 4-0 އިން މޮޅުވުމާ އެކު ލީގުގެ އެއް ވަނާގައި ބަޔާން އޮތީ ހަތް ޕޮއިންޓްގެ ތަފާތުންނެވެ.

ލެވަންޑޮވްސްކީ ފަސް ސީޒަންގައި 30 ލަނޑު ހަމަކުރުމުގެ މާނައަކީ ޖަރުމަނާއި ބަޔާން މިޔުނިކަށް ނިސްބަތްވާ ވަރުގަދަ ކުޅުންތެރިއެއް ކަމަށްވާ ގާޑު މުލާގެ ރެކޯޑާ އެއްވަރުވުމެވެ.

ރޭ ބަޔާން މި މޮޅުވީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗު އެއްވަރުވެފައި އޮއްވަ އެވެ. އެކަމަކު ބަޔާންއަށް ޖެހިޖެހިގެން 10 ވަނަ ފަހަރަށް ބުންޑަސްލީގާ ކާމިޔާބުކުރުމުގައި މާ ބޮޑު ހުރަހެއް އޮތްހެންނެއް ހިއެއް ނުވެ އެވެ. ދެ ވަނާގައި އުޅޭ ބޮރޫޝިއާ ޑޯޓުމުންޑް މިއަދު ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެ ތަފާތު ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ.

ބަޔާންއަށް 27 މެޗުން ލިބިފައި ވަނީ 63 ޕޮއިންޓެވެ. ޑޯޓުމުންޑަށް 56 ޕޮއިންޓް ހަމަވެފައި ވަނީ 27 މެޗު ކުޅެގެންނެވެ. ތިން ވަނާގައި ބަޔާ ލެވަކޫސަން އުޅެނީ 26 މެޗުން 45 ޕޮއިންޓް ލިބިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް