ބަޔާން މިޔުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވަޑްކަން އަންނަނީ ސާބިތުކޮށްދެމުން

ލެވަންޑޮވްސްކީ ޖަރުމަން ލީގުގައި 300 ލަނޑު ހަމަކޮށްފި

ބުންޑެސްލީގާގައި ޖެހިޖެހިގެން ލަނޑު ޖެހި 66 މެޗު ފުރިހަމަކޮށް ބަޔާނުން ވެސް ވަނީ ރެކޯޑް ހަދާފައި
16 ޖެނުއަރީ 2022

ޖަރުމަނުގެ ބުންޑަސްލީގާގައި ބަޔާން މިޔުނިކްގެ ފޯވަޑް ރޮބަޓް ލެވަންޑޮވްސްކީ ރޭ ހެޓްރިކެއް ހަދައި، 300 ލަނޑު ހަމަކޮށްފި އެވެ.

ތާވަލްގެ އެއް ވަނާގައި އޮތް ބަޔާނުން އެފްސީ ކޯލް 4-0 އިން ބަލިކުރި އިރު ޕޮލެންޑްގެ ނުރައްކާތެރި ފޯވަޑް ހެޓްރިކް ހެދީ މެޗުގެ ނުވަ މިނިޓާއި 62 އަދި 74 ވަނަ މިނިޓްގަ އެވެ. ބަޔާންގެ އަނެއް ލަނޑު ޖެހީ 25 ވަނަ މިނިޓްގައި ކޮރެންޓިން ޓޮލިސޯ އެވެ.

ރޭގެ މެޗަކީ ބަޔާނަށް ވެސް ރެކޯޑެކެވެ. ރޭ ޖެހި ލަނޑުތަކާ އެކު ބަޔާން ވަނީ ބުންޑެސްލީގާގައި ޖެހިޖެހިގެން ލަނޑު ޖެހި 66 މެޗު ހަމަކޮށްފަ އެވެ.

ޖަރުމަން ލީގުގައި 300 ލަނޑު ޖެހި ދެ ވަނަ ކުޅުންތެރިޔާއަށް ލެވަންޑޮވްސްކީ ވުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. އޭގެ ކުރިން އެ ރެކޯޑް އޮތީ ބަޔާންގެ ތަރި ގާޓް މުލާ އަތުގައި އެކަންޏެވެ. އޭނާ އެ ރެކޯޑް ހެދީ 1976ގަ އެވެ.

ތާވަލްގެ ކުރީގައި ބަޔާން މިހާރު އޮތީ 46 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނާގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑްއަށް ލިބިފައި ވަނީ 40 ޕޮއިންޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް