އިޓަލީން 2020ގެ ޔޫރޯ ތަށި އުފުލާލަނީ

ޔޫރޯ 2024

ޔޫރޯ 2024 ފެށެން 1 މަސް: ހުރިހާ މެޗެއް މީޑިއާނެޓުން ވަގުތުން ދައްކާނެ

ޔޫރޯ 2024 ކުރިއަށްދާނީ 14 ޖޫން އިން 15 ޖުލައިއަށް. މީޑިއާނެޓު މެދުވެރިކޮށް ޔޫރޯގެ މެޗުތައް ސޮނީ ޓެންގެ ޗެނަލްތަކުން ވަގުތުން ފެންނާނެ

ވޯލްޑް ކަޕަށް ފަހު އެންމެ ގިނަ މީހުން ބަލާ ފުޓުބޯޅަ މުބާރާތަކީ ޔޫރަޕު ފުޓުބޯޅައިގެ ރަސްކަމަށް ވާދަކުރާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ އެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯ 2020ގެ ތަށި އިޓަލީއިން ނެގުމަށް ފަހު ހަތަރު އަހަރު ފަހުން އަނެއްކާވެސް މިއޮތީ މުބާރާތް ފެށެން ކުޑަތަން ވެފަ އެވެ. ޖޫން 14ގައި މުބާރާތް ފެށެން ބާކީ މިއޮތީ ބަރާބަރު 30 ދުވަހެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތްތަކެކޭ އެއްފަދައިން ޔޫރޯ 2024ގެ ހުރިހާ މެޗެއް ވެސް ދިވެހިންނާ ހަމައަށް ވަގުތުން ގެނެސްދޭނީ މީޑިއާނެޓުގެ ހިދުމަތް މެދުވެރިކޮށެވެ. ޔޫރޯގެ މެޗުތައް ފެންނާނީ ސޮނީ ޓެންގެ ޗެނަލްތަކުންނެވެ.

ޔޫރޯ 2024ގެ ހުރިހާ މެޗުތައް މީޑިއާނެޓުން ވަގުތުން ދައްކާނެ.

މުބާރާތުގެ ތާރީހު

ޔޫރަޕިއަން ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބޭއްވީ 1960ގައި ފްރާންސްގަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އޭރުގެ ރޫސީ ވިލާތުންނެވެ. މިހާތަނަށް ޖުމްލަ 16 މުބާރާތް ބާއްވާފައިވާއިރު އެންމެ ކާމިޔާބު ޓީމަކީ ތިން ފަހަރު (1972، 1980 އަދި 1996) ޗެމްޕިއަންކަމާއި ތިން ފަހަރު (1976، 1992 އަދި 2008) ރަނަރަޕްކަން ހޯދި ޖާމަނީ އެވެ.

ޖާމަނީއާ ޖެހިގެން އެންމެ ކާމިޔާބު ޓީމަކަށް އޮތީ ސްޕެއިން އެވެ. އެގޮތުން ސްޕެއިނުން ވަނީ ތިން ފަހަރު (1964، 1980 އަދި 1996) ޗެމްޕިއަންކަން އަދި ރަނަރަޕްކަން އެއް ފަހަރު (1984)ގައި ހޯދާފަ އެވެ.

ފްރާންސާއި އިޓަލީ ކުރެ ކޮންމެ ގައުމަކުން ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި އެވެ.

ޔޫރޯ 2024ގެ ކޮލިފައިންގައި ވޭލްސް އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗެއް.

ޔޫރޯ 2024

މި އަހަރުގެ މުބާރާތް އޮތީ ޖަރުމަނުގަ އެވެ.

ޔޫރޯ މުބާރާތް، ނަންބަރުތަކުން:

  • ޖުމްލަ 24 ޓީމު ވާދަކުރާނެ (ޖޯޖިއާއަކީ މުޅިން އަލަށް ވާދަކުރާ ޓީމެއް)

  • ޓީމުތައް ބަހާލާނީ ހަ ގްރޫޕަކަށް (ކޮންމެ ގްރޫޕެއްގައި 4 ޓީމު)

  • މެޗުތައް ކުޅޭނީ ޖަރުމަންގެ 10 ސްޓޭޑިއަމްގައި

ގްރޫޕްތައް ބަހާލާފައިވާ ގޮތް

ގްރޫޕް އޭ:

ގްރޫޕު އޭގެ އެންމެ ވަރުގަދަ ޓީމު ގޮތުގައި ފާހަގަކޮށްލެވެނީ މުބާރާތް ބާއްވާ ގައުމު ޖަރުމަނެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސްކޮޓްލެންޑް، ހަންގޭރީ އަދި ސްވިޓްޒަލެންޑް އެވެ.

ގްރޫޕް ބީ:

ގްރޫޕް ބީގައި މުބާރާތުގެ ކާމިޔާބު ދެ ގައުމު ކަމަށްވާ ސްޕެއިން އާއި އެންމެ ފަހުގެ ޗެމްޕިއަނުން އިޓަލީ ހިމެނެ އެވެ. މި ގްރޫޕުގައި ދެން އޮތީ އަބަދުވެސް ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރޭ ކްރޮއޭޝިއާ އާއި އަލްބޭނިއާ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މުބާރާތުގެ 'ގްރޫޕް އޮފް ޑެތު' އެވެ.

ގްރޫޕް ސީ:

ގިނަ ތަރިންތަކެއްގެ މައްޗައް އެކުލެވޭ 'އިޓްސް ކަމިންގް ހޯމް' ޝިއާރުގެ ދަށުން ކުޅޭ އިންގްލެންޑް ޓީމު ހިމެނެނީ މި ގްރޫޕުގަ އެވެ. އޭގެ އިތުރުން ސްލޮވޭނިއާ، ޑެންމާކް އަދި ސާބިއާ ވެސް މި ގްރޫޕުގައި ހިމެނެ އެވެ.

ޔޫރޯ ކޮލިފިކޭޝަންގައި އިންގްލެންޑާއި އިޓަލީ ބައްދަލުކުރި މެޗު.

ގްރޫޕް ޑީ:

މިއީ ވެސް ވަރުގަދަ ގްރޫޕަކަށް ވާނެކަން ކަށަވަރެވެ. ދުނިޔޭގެ ރަނަރަޕް ޓީމު ފްރާންސް އާއި ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދެއްކި ނެދަލޭންޑްސްގެ ޓީމު ހިމެނެނީ މި ގްރޫޕުގަ އެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޕޮލެންޑް އަދި އޮސްޓްރިއާ ޓީމުން ވެސް ވަނީ ކުރީގެ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

ގްރޫޕް އީ: ބެލްޖިއަމްގެ ޓީމަށް ފަހު މި ގްރޫޕުގައި ހިމެނެނީ ދާދި ހަމަހަމަ ޓީމުތަކެކެވެ. އެއީ ސްލޮވާކިއާ، ރުމޭނިއާ އަދި ޔޫކްރެއިން އެވެ.

ގްރޫޕް އެފް: މިއީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ޔޫރޯއަށް ވުން ގާތެވެ. ޕޯޗުގަލް ހިމެނެނީ މި ގްރޫޕުގަ އެވެ. ޕޯޗުގަލް ގެ އިތުރުން ތުރުކީ، ޗެކް ރިޕަބްލިކް އަދި މުބާރާތުގައި އަލަށް ވާދަކުރާ ޖޯޖިއާ ވެސް ހިމެނެނީ މި ގްރޫޕްގަ އެވެ.

މި ފޯރިގަދަ މުބާރާތާއި ގައުމުތަކުން ކުރިމަތިލާއިރު އައު ތަރިންނާއި މޮޅު ކުޅުމެއް މި މުބާރާތުން ފެންނާނެކަން ޔަގީނެވެ. ދިވެހިންގެ މެދުގައި މަގްބޫލު ޔޫރޯ މުބާރާތުގެ މެޗުތައް، ޓީވީ އާއި މޯބައިލް ޑިވައިސްތަކުން މީޑިއާނެޓު ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަގުތުން ބެލޭނެ އެވެ. މި މުބާރާތާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނަކާ އެކު ހާއްސަ ހަރަކާތްތަކަކަށް މީޑިއާނެޓުން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް (1)

profile-image-placeholder

އިސްލާހް މޭން

16 މޭ 2024
ސްޕެއިނުން ޗެމްޕިއަންކަން ހޯދީ 1964، 2008 އަސި 2012 ގަ. ލިޔުމުގާ ވާގޮތައް 1964، 1980 އަދި 1996 އަކު ނޫން. އަވަހަށް އިސްލާހު ކޮއްލާ !

އިތުރު އާޓިކަލް

އިތުރު އާޓިކަލް