މީގެ ކުރިން ބޭއްވި ދިރާގު ރޯޑް ރޭހެއްްގެ ތެރެއިން (ފޮޓޯ/ދިރާގު)
ދިރާގު ރޯޑް ރޭހަށް 10 ދުވަސް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރުއާރު) ފެށުމަށް 10 ދުވަހަށް ވެއްޖެ އެވެ.
އެނގުން މުހިއްމު - މި އަހަރުގެ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.
ތަފްސީލް - 4000އަށް ވުރެ ގިނަ ބައިވެރިންނާ އެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ވެސް ދުވުންތެރިންނަށް އޮންނާނެ އެވެ.
-
އެހެން އަހަރުތަކެކޭ އެއްފަދައިން 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ދުވުން ވެސް އޮންނާނެ
މި އަހަރުގެ ރޯޑް ރޭހުގެ ޕާޓްނަރުން
-
ގޯލްޑް ޕާޓްނަރު: ޔުނިސެފް މޯލްޑިވްސް
-
ހޯސްޓިން ޕާރޓްނަރު: އާބަންކޯ
-
ސެކިއުރިޓީ އެންޑް ސޭފްޓީ ޕާޓްނަރު: މޯލްޑިވްސް ޕޮލިސް ސާވިސް
-
މެޑިކަލް ޕާޓްނަރު: ޓްރީ ޓޮޕް ހޮސްޕިޓަލް
-
ފަސްޓް އެއިޑް ޕާޓްނަރު: މޯލްޑިވިއަން ރެޑް ކްރެސެންޓް
މިއީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެންޑޯޒް ކޮށްފައިވާ ދުވުމެކެވެ.
ގުޅުން ހުރި ކަމެއް - މި ރޭހަށް ތައްޔާރުވުމަށް ބައިވެރިންނަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ވަނީ ކޯޗިން ޕާޓްނަރުންގެ ގޮތުގައި އެލީޓް ރަނާސް މޯލްޑިވްސް އާއި ސާއިދު ސްޕޯޓްސް އަދި ވެލްނެސް ޕާޓްނަރުގެ ގޮތުގައި ދަ ވެލްނެސް ކްލަބް ހަމަޖައްސާފަ އެވެ.
-
މި ޕާޓްނަރުން އަންނަނީ ދުވުންތެރިންނަށް ރޭސް ދުވަހަށް ތައްޔާރުވުމަށް ހާއްސަ ތަމްރީނުތަކެއް ދެމުން
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރޯޑް ރޭހަކީ ވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
-
ދިރާގުން އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތަކުން ރާވާފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން އެ މިންވަރެއްގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެ
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް)ގެ ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.