ފަހު ވަގުތު ބައި ކޮޅަށް ލަނޑު ވަނުމުން ކެޕްޓަން ހެރީ މެގުއާ ކުރާނެ ކަމެއް ނެތިފައި

ޔޫރޮޕާ ލީގު

ރޭ ޔުނައިޓެޑަށް އޮތީ ބައިކޮޅަށް ލަނޑު ޖަހައިގެން އެއްވަރުކުރުން

ޔޫރޮޕާ ލީގުގައި ކާމިޔާބު ސެވިއްޔާ އަތުން 2-0 އިން މޮޅުވާން ދަނިކޮށް އެއްވަރުވީ ފަހު ވަގުތު ބައި ކޮޅަށް ވަން ދެ ލަނޑުން
14 އޭޕްރީލު 2023

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ސެވިއްޔާ ބައްދަލުކުރި މެޗުގައި ހެރީ މެގުއާ އާއި ޓައިރެލް މަލާސިއާ އަތުން ބައިކޮޅަށް ވަތް ލަނޑުތަކާ އެކު އެއްވަރުވެގެން ނިމިއްޖެ އެވެ.

ފުރަތަމަ ހާފުގައި މާސެލް ސަބިޓްޒާ ޖެހި ދެ ލަނޑާ އެކު މެޗު ނިމެން ދަނިކޮށް މަލާސިއާ އަތުން ބައިކޮޅަށް ލަނޑު ވަދެ، 2-1 އަށް ނަތީޖާ ބަދަލުވީ 84 ވަނަ މިނިޓްގަ އެވެ. ދެން މެގުއާގެ ބައި ލަނޑުން މެޗު އެއްވަރުވީ އިތުރު ވަގުތުގެ ކުޅުމުގައި 92 ވަނަ މިނިޓްގަ އެވެ. 

ޔުނައިޓެޑްގެ ފަހަތަށް ބާރު ބޮޑުވެ، ގޯސްތައް ހަދަން ފެށުނީ ފަހު ހާފުގައި ސެވިއްޔާގެ ކުޅުން ރަނގަޅުކޮށް، ކުރީގައި ބޯޅަ ގެންގުޅެން ފެށުމުންނެވެ. 

ފާއިތުވި 17 ސީޒަނުގައި ހަ ފަހަރަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށް، ހަތް ވަނަ ފަހަރަށް ތަށި އުފުލައިލުމުގެ އަމާޒު ހިފާފައިވާ ސެވިއްޔާއަށް، އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ދެވަނަ ލެގު ކުޅުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ. 

ރޭ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބަޔާ ލެވަކޫސަން ވަނީ 1-1 އިން ބެލްޖިއަމްގެ ޔޫނިއަން ސެއިން ގިލޮއިސްއާ އެއްވަރުވެފަ އެވެ. ފެޑްރިކޯ ގައްޓީގެ ލަނޑާ އެކު ސްޕޯޓިން ލިޒްބަން އަތުން 1-0 އިން ޔުވެންޓަސް މޮޅުވިއިރު، ހޯސޭ މޮރީނޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރޯމާ ވަނީ 0-1ގެ ނަތީޖާއަކާ އެކު ފެޔަނޫޑްއާ ވާދަކޮށް ބަލިވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް