ޖަރުމަންގެ ބަޔާން މިޔުނިކްގެ ކޯޗު ހޫލިއަން ނާގެލްސްމަން

ފުޓްބޯޅަ

ބަޔާންގެ ކޯޗުކަމުން ނާގެލްސްމަން ވަކިކޮށް ޓުޗެލް ހަމަޖައްސަނީ

މިހާ ކުއްލި ގޮތަކަށް ނާގެލްސްމަން ވަކިކުރަން ޖެހުމަކީ އެތައް ބަޔަކަށް ހައިރާންކަމެއް
24 މާރިޗު 2023

ބަޔާން މިއުނިކްގެ ކޯޗުކަމުން ހޫލިއަން ނާގެލްސްމަން ވަކިކޮށް ތޯމަސް ޓުޗެލް ގެންނަން ނިންމައިފި ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ގިނަ ބަޔަކަށް ހައިރާންކަން ގެނުވި މި ހަބަރު ދައުރުވާން ފެށީ އިއްޔެ އެވެ.

މިދިޔަ އަހަރުގެ ޖަރުމަން ލީގު ކާމިޔާބުކޮށްދީ އަދި މިސީޒަނުގެ ޗެމްޕިއަންސްލީގެ ކުއާޓާ ފައިނަލަށް ވެސް ބަޔާން ގެންގޮސްދީފައި ވަނިކޮށް ނާގެލްސްމަން ވަކިކުރުމަކީ، ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ކްލަބްގެ އެތެރޭގެ އެހެން ސަބަބުތަކެއް އޮތް ނިންމުމެކެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނާގެލްސްމަން މިހާރު ވަނީ މަގާމުން ވަކި ވެސް ކޮށްފަ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ކްލަބުތަކުގެ ކުޅުން މެދުކަނޑާލިއިރު ޖަރުމަން ލީގުގައި ބަޔާން އޮތީ ބޮރޫޝިއާ ޑޯޓްމުންޑްއަށް ވުރެ އެންމެ ޕޮއިންޓެއްގެ ތަފާތުން ދެވަނައިގަ އެވެ. ދެވަނައަށް ބަޔާން ވެއްޓުނީ މިދިޔަ ހަފްތާގައި ބަޔާން ލެވަކޫސަން އަތުން ބަލިވުމުންނެވެ. 

މިދިއަ މަހު ބަޔާނުން ބުނީ ނާގެލްސްމަން އަކީ ބަޔާންއިން ފަށާފައިވާ ދިގު މުއްދަތުގެ ޕްރޮޖެކްޓްގެ ބައެއް ކަމަށެވެ.

ނަމަވެސް މިހާރު އިވޭ އަޑުތަކުން ބެލެވެނީ ޗެލްސީ އާއި ޕީއެސްޖީ އަދި ބޮރޫޝިއާ ޑޯޓްމުންޑްގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް، ބަޔާންގެ ކޯޗަކަށް ގެންނާނެ ކަމެވެ. 

އިނގިރޭސި ޕްރިމިއަ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗަކަށް ޓުޗެލް ހަމަޖައްސަން އުޅޭކަމުގެ އަޑުތައް ވެސް ވަނީ އަރައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް