ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޖާޒީގައި: އޭނާ ވަނީ މިހާތަނަށް 197 މެޗު ކުޅެފައި

ޔޫރޯ 2024

ރޮނާލްޑޯ ދެ ލަނޑު ޖަހައި، ގައުމީ ޓީމަށް މެޗު ކުޅުމުގެ ރެކޯޑެއް

ޕޯޗުގަލުން އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާ ގައުމީ ޓީމަށް ކުޅެމުން އަންނަތާ 20 އަހަރު
24 މާރިޗު 2023

އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ރޭ ލިކްޓެންސްޓައިންއާ ދެކޮޅަށް ކުޅެ 0-4 ކުން ޕޯޗުގަލް މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑު މުގުރާލައިފި އެވެ.

ރޭގެ މެޗާ އެކު ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް 197 މެޗު ކުޅެފަ އެވެ. ޕޯޗުގަލްއަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ ރޭ އިތުރު ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނެވެ. 

މުޅި މެޗު ޑޮމިނޭޓްކޮށް ހަމަލާތައް އުފައްދާފައިވަނީ ޕޯޗުގަލް އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ކެންސެލޯ އެވެ.

މެޗުގެ އަނެއް ތިން ލަނޑު އައީ ފަހު ހާފުގަ އެވެ. ރޮނާލްޑޯގެ ދެ ލަނޑުގެ އިތުރުން ދެން ލަނޑު ޖެހީ ބާނާޑޯ ސިލްވާ އެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ ކުޅެމުން އަންނަތާ މިހާރު 20 އަހަރު ވަނީ އެވެ. އޭނާ ފުރަތަމަ ފަހަރަށް ޓީމަށް އެރީ 2003 ގަ އެވެ. 

މި ގްރޫޕުގައި ހިމެނޭ ސްލޮވާކިއާ އާއި ލަގްޒެމްބާގްގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އައިސްލޭންޑްއާ ބައްދަލުކޮށް ބޮސްނިއާ ވަނީ 3-0އިން މޮޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް