Majlis 2024

އަލްމެރިއާ އަތުން ބަލިވެގެން ބާސެލޯނާ ކުޅުންތެރިން ދަނޑުން ފައިބަނީ

ބާސެލޯނާ

ބާސެލޯނާއަށް ތަފާތު ބޮޑުކޮށްލަން ލިބުނު ފުރުސަތުން ވެސް ވީ ބަލި

މި މެޗުން ބާސެލޯނާ މޮޅުވި ނަމަ ރެއާލް މެޑްރިޑަށް ވުރެ 10 ޕޮއިންޓް ތަފާތުން އެއް ވަނާގައި އޮވެވުނީސް
27 ފެބްރުއަރީ 2023

ސްޕެއިންގެ ލަ ލީގާގެ އެއް ވަނަ މަގާމުގައި ތަފާތު ބޮޑުކޮށްލަން ބާސެލޯނާއަށް ލިބުނު ރަނުގެ ފުރުސަތު، ތާވަލްގެ ފުލުގައި އޮތް އަލްމެރިއާ އަތުން 1-0 އިން ބަލިވެގެން ރޭ ނަގާލައިފި އެވެ.

ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލަން އަލްމެރިއާއަށް ލިބުނު މި ބޮޑު ކާމިޔާބީ ހޯދައިދިނީ ފުރަތަމަ ހާފުގެ 24 ވަނަ މިނިޓްގައި އަލް ބިލާލް ޓޯރޭ ޖަހާލި ފުރިހަމަ ލަނޑުންނެވެ.

ޔޫރޮޕާ ލީގުގެ ޕްލޭ އޮފްގައި މެންޗެސްޓަ ޔުނައިޓެޑް އަތުން މިދިއަ ހަފުތާގައި ބަލިވެ، ޔޫރަޕްގެ ދެ ވަނަ ދަރަޖައިގެ މުބާރާތުން ކެޓި ބާސެލޯނާއަށް މި ގެއްލުނީ ދެ ވަނާގައި އޮތް ރެއާލް މެޑްރިޑ ާ10 ޕޮއިންޓް ފޭއަށް ޖެހިލަން ލިބުނު ފުރުސަތެވެ.

މާލީ މައްސަލަގަނޑަކާ ކުރިމަތިވި ފަހުން 2021 އިން ފެށިގެން ވެއްޓުމެއްގައި އޮތް ބާސެލޯނާ، އެ ކްލަބްގެ ކުރީގެ ތަރި ޒަވީގެ ކޯޗުކަމުގެ ދަށުން އަންނަނީ ވަރުގަދަކުރަމުންނެވެ. ތާވަލްގެ އެއް ވަނާގައި އޮތް އޮތުމަކީ އޭގެ ހެއްކެކެވެ.

"އަހަރެން މި ހުރީ ވަރަށް ރުޅިއައިސް. މިއީ ސީޒަންގައި އަހަރެމެންގެ އެންމެ ފެންވަރު ދަށް މެޗު. ހާއްސަކޮށް ފުރަތަމަ ހާފުގައި،" މެޗަށް ފަހު ވާހަކަ ދައްކަމުން ޒަވީ ބުންޏެވެ.

"ހަގީގަތުގައި އަހަރެމެންނަށް ގެއްލުވާ  މިލެވުނީ ރަނުގެ ފުރުސަތެއް. މިއީ މުޅި ސީޒަންގައި ވެސް އަހަރެމެންގެ އެންމެ ދަށް ކުޅުން."

ލަ ލީގާގެ ގަދަ ފަހެއް

  • 1-

    ބާސެލޯނާ، ކުޅުނު 23، ޕޮއިންޓް 59

  • 2-

    ރެއާލް މެޑްރިޑް، ކުޅުނު 23، ޕޮއިންޓް 52

  • 3-

    ރެއާލް ސޮސައިޑާޑް، ކުޅުނު 23، ޕޮއިންޓް 43

  • 4-

    އެތުލެޓިކޯ މެޑްރިޑް، ކުޅުނު 23، ޕޮއިންޓް 42

  • 5-

    ރެއާލް ބެޓިސް، ކުޅުނު 23، ޕޮއިންޓް 40

އިތުރު އާޓިކަލް

އިތުރު އާޓިކަލް